ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސް ކުރަން ޕީއެންސީން އިލްތިމާސްކޮށްފި
މަރިޔަމް އަނާ
16 އޮކްޓޫބަރ 2024 - 00:18
0
comments
ޕީއެންސީ ޕާލިމެންޓް ގްރޫޕްގެ ބައެއް އިސް މެންބަރުން
Tweet
Telegram
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން އަވަސްކުރަން ތާއީދު ކުރާ ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- ޕީއެންސީން މިރޭ ބުނެފި އެވެ.
ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވީހާވެސް އަވަހަކަށް ގެނައުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ.
އަދި މިހާރު މަޖިލީހުގައި އޮތް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވީ އެންމެ އަވަހަކަށް ނިންމައި، މި ކަން ހަގީގަތަކަށް ހެދުން އަވަސް ކުރުމަށް އެ ޕާޓީން ވަނީ މަޖިލީހަށް އިލްތިމާސްކޮށްފަ އެވެ.
"އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ތެރެއަށް ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ކެކުޅުމާއި ވޭންތައް އިތުރުކޮށްފައިވާ މިދަނޑުވަޅުގައި އެ އަމަލުތަކާމެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ މި މުހިއްމު ފިޔަވަޅަށް މި ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށް ދަންނަވަމެވެ،"
ޕީއެންސީން މިފަދަ ބަޔާނެއް ނެރުނުއިރު މަޖިލީހުގައި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އެބައޮތެވެ. އެ މަސައްކަތް މިހާތަނަށް ފަސްވެފައި ވަނީ އެ ޕާޓީން އެކަމަށް އިސްކަން ނުދިނުމުންނެވެ. އެ ޕާޓީން ބޭނުންވުމުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި ބައެއް ގާނޫނުތަކަށް ވަނީ ބަދަލުގެނެސްފަ އެވެ.
މި ސަރުކާރުން ގެންދަނީ ފަލަސްތީނުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަމުންނެވެ. ރައީސް މުއިއްޒު ވެސް އެތައް ފަހަރަކު އިޒްރޭލް ކުށްވެރިކޮށް ފަލަސްތީނުގެ ހައްގުގައި ވާހަކަފުޅު ދައްކަވާފައިވެ އެވެ. ނަމަވެސް ފަލަސްތީނުގެ ހައްގުގައި ކުރަން ނިންމި މަދު ކަމަކަށް ނޫނީ އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
ޕީއެންސީގެ މެމްބަރުންގެ އަދަދު 60،000އަށް އަރައިފި: އަބްދުއްރަހީމް
13 ދުވަސް ކުރިން
0
އދ.ގެ ވެރިޔާ ގުޓެރޭސް އިޒްރޭލަށް އެތެރެވުން މަނާކޮށްފި
14 ދުވަސް ކުރިން
0
އިސްރާއީލާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތަދައްޚުލުވަނީ
15 ދުވަސް ކުރިން
0
އިޒްރޭލުން އެއްގަމުން ލުބްނާނަށް އަރައިގެންފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސް ކުރަން ޕީއެންސީން އިލްތިމާސްކޮށްފި
5 ގަޑިއިރު ކުރިން
0
ސްކޫލްތަކުގެ ގްރޭޑް 1 އަށް ވައްދަން މާދަމާ ހުޅުވާލަނީ
8 ގަޑިއިރު ކުރިން
0
އެއާ އެމްބިއުލާންސް ހިދުމަތަށް ބޭނުންވާ ހާއްސަ ބައެއް ތަކެތި އޫރީދޫން ހަދިޔާކޮށްފި
8 ގަޑިއިރު ކުރިން
0
ވީއައިއޭގެ ޓެކްސީވޭ ތަރައްގީކުރުމުގެ މަސައްކަތް ވެސް ބީޔޫސީޖީއަށް
8 ގަޑިއިރު ކުރިން
0