ދުނިޔެ
އދ.ގެ ވެރިޔާ ގުޓެރޭސް އިޒްރޭލަށް އެތެރެވުން މަނާކޮށްފި
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިޒުރޭލަށް އެތެރެވުން އެ ގައުމުގެ ހާރިޖީ ވުޒާރާއިން މަނާކޮށްފި އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްސް ބުނީ، އިރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތައް ފާޅުގައި، ކެރިގެން ކުށްވެރި ކުރަން ގުޓެރޭސް ނުކުޅެދިފައިވާ ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ގައުމުތަކެކޭ އެއް ފަދައިން، އިރާނުން ދިން މި ރަހުމް ކުޑަ ހަމަލާތައް ފާޅުގައި، ކެރިގެން ކުށްވެރި ނުކުރާ އެއްވެސް މީހަކަށް އިޒްރޭލުގެ ފަސްގަނޑުގައި ފައިތިލަ ބީއްސާލުމުގެ ހައްގެއް ނޯންނާނެ،" ކަޓްޒް އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އިރާނުން އަންގާރަ ދުވަހުގެ ރޭ އިޒްރޭލަށް ވައިގެ ހަމަލާތައް ދިނުމާ އެކު، ގުޓެރޭސް ވަނީ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު، އިރާނުން ދިން ހަމަލާ، ސީދާ ގޮތެއްގައި ކުށްވެރި ކުރައްވައިފައެއް ނުވެ އެވެ.

އދއިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ފްރާންސެސްކާ އަލްބަނީޒްއަށް ވެސް މީގެ ކުރިން އިޒުރޭލު ބަންދުކުރި އެވެ. އަދި އދގެ ބޭނުމަކަށް ނަމަވެސް އޭނާއަށް އިޒުރޭލަށް ނޭރޭނެ ކަމަށް އޮތީ ކަނޑައަޅާފަ އެވެ.

ފްރާންސެސްކާ އަލްބަނީޒް އިޒުރޭލަށް އެތެރެވުން އެ ގައުމުން މަނާކުރީ ފަލަސްތީނަށް ތާއީދުކޮށް -- އަދި އިންސާނީ ހައްގުތަކަށް އިޒުރޭލު ފަރުވާކުޑަކުރާ ކަމަށް ވިދާޅުވެގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު