ޚަބަރު
ޕީއެންސީގެ މެމްބަރުންގެ އަދަދު 60،000އަށް އަރައިފި: އަބްދުއްރަހީމް
ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ މެމްބަރުންގެ އަދަދު 60،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓާގެޓަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އިން އިއްޔެ ކުރިއަށް ގެންދިޔަ މެންބަޝިޕް އިތުރުކުރުމުގެ ހަރަކާތަށްފަހު އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 75،000 މެންބަރުން ޕީއެންސީއަށް ވެއްދުން ކަމަށެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިއަމާޒަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެ ޕާޓީގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް މެންބަރުންގެ އަދަދު 70،000 އަށްވުރެ އިތުރު ކުރަން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު މިދިޔަ މަހު 11 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވެ އެވެެ.

ޕީއެންސީއަށް ލިބެމުންދާ ކާމިޔާބީގެ ސިއްރަކީ ރައީސް މުއިއްޒު ގައުމާ ދޭތެރޭ ގެންގުޅުއްވާ ތަސައްވުރާއި ރައްޔިތުންނާ ގާތުން ކުރާ މަސައްކަތް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއަދު ފެނިގެން މިދަނީވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަށް ރައްޔިތުން ތާއީދުކުރާ މިންވަރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު