ޚަބަރު
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު ނޮވެމްބަރަށް ފަސްކޮށްފި
ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ އެތެރޭގެ އިންތިހާބު އަންނަ ނޮވެމްބަރު މަހަށް ފަސްކޮށްފި އެވެ.

ޕީއެންސީއިން ކުރިން އެ އިންތިހާބު ބާއްވަން ނިންމީ 19 އޮކްޓޫބަރުގަ އެވެ. ނަމަވެސް އެ ޕާޓީން މިރޭ ކުރި އިއުލާނެއްގައި ބުނީ 9 ނޮވެމްބަރަށް އިންތިހާބު ފަސްކޮށްފައިވާ ކަމަށެވެ.

އިންތިހާބު ފަސްކުރީ، ޕީއެންސީއިން ބުނި ގޮތުގައި، މަގާމުތަކަށް ޝައުގުވެރިވާ ގިނަ ބަޔަކު އެކަމަށް އެދޭތީ އެވެ.

އިންތިހާބު ބާއްވާ ތާރީހު ބަދަލުވުމާ އެކު، އެ އިންތިހާބުގައި އެކި މަގާމުތަކަށް ކުރިމަތިލުމަށް ދިން މުއްދަތު 30 ސެޕްޓެމްބަރުން 24 އޮކްޓޫބަރުގެ އިރުއޮއްސި 6އަށް ވަނީ އިތުރުކޮށްފަ އެވެ.

މަގާމުތަކުގެ ގޮތުގައި އިންތިހާބުކުރުމަށް ހަމަޖެހިފައިވަނީ:

• ދާއިރާގެ ރައީސް އަދި ނައިބު ރައީސް
• ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް އަދި އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސް
• ސްޓިއަރިންގ ކޮމިޓީގެ މެންބަރު - މި ކޮމިޓީއަށް އިންތިޚާބުކުރާ މަޤާމުތަކަކީ ކޮމިޓީގެ އާންމު މެންބަރު، ޒުވާނުންގެ މެންބަރު، އަންހެނުންގެ މެންބަރު

ޕީއެންސީގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ދާއިރާތަކުގެ ރައީސުންނަކީ އެ ދާއިރާއެއްގެ މަޖިލިސް މެންބަރުންނެވެ. އެހެންކަމުން 75 ދާއިރާއެއްގެ ރައީސުންގެ ގޮތުގައި ތިއްބަވާނީ އެ ދާއިރާތަކުގެ މަޖިލިސް މެންބަރުންނެވެ. ބާކީ 18 ދާއިރާގެ ދާއިރާ ރައީސުން އިންތޚާބުކުރާއިރު 93 ދާއިރާއެއްގެ ދާއިރާ ނައިބުރައީސުންގެ މަޤާމަށް ކުރިމަތިލުމަށްވަނީ ހުޅުވާލާފައެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު