ޚަބަރު
ޕީއެންސީގެ ވަފްދެއް ޗައިނާއަށް
ޗައިނާ އަށް ފުރި ޕީއެންސީ ވަފްދުގައި ހިމެނޭ މެމްބަރުން.
ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދައުވަތަކަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ފުރައިފި އެވެ.

މިއީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދައުވަތަކަށް ކުރާ ދަތުރެއްކަމަށް ޕީއެންސީން ބުނެ އެވެ. މި ދަތުރުގައި ޕީއެންސީގެ ފަރާތުން އެންމެ އިސްކޮށް ހުންނަވާނީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންކަމަށްވެސް އެޕާޓިން ބުނެ އެވެ.

މި ދަތުރުގައި ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތްކޮށް. އެ ސިޓީތަކުގައި ހިންގާ އެކި ސިނާއަތްތައް ކުރިއެރި ގޮތުގެ ތަޖުރިބާތައް ބެލުމަށް ހަމަޖެހިފައިވާކަމަށް ޕީއެންސީން ބުނެ އެވެ. 

މި ދަތުރުގެ މަގްސަދަކީ ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ ހަލުވި އިގްތިސާދީ ކުރިއެރުން ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކޮށް ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާތައް ހިއްސާކުރުމެވެ.

މި ދަތުރު ނިންމާލުމަށްފަހު މި ޓީމު ރާއްޖެ އަންނަނީ މިމަހުގެ 26 ގައިކަމަށް ޕީއެންސީން ބުނެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު