ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޑޮލަރުގެ ދަތިކަން، ޑިވެލޮޕްމެންޓު ބޭންކާއެކު ހައްލުވާނެ: ސައީދު
ހަސަން ހަލީމް
16 އޮކްޓޫބަރ 2024 - 12:56
0
comments
Tweet
Telegram
ރާއްޖެއަށް ޑޮލަރުގެ ދަތިކަން ކުރިމަތި ވަނީ އިގްތިސާދުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ނޫންކަމަށާއި، ޑޮލަރުގެ މައްސަލަ ކުރިމަތި ވަނީ މާލީ ނިޒާމުގެ ސަބަބުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޑިޕްލޮޕްމަންޓް ބޭންކްގެ މުހިއްމުކަމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ޑިވެލޮޕްމެންޓު ބޭންކާ ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބުދެއްވާ މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިވެލޮޕްމެންޓު ބޭންކާއެކު ބޭރު ފައިސާގެ ރިޒާވް އިތުރުވެ، ދައުލަތުގެ ރިޒާވަށް ވެސް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
ޑިވެލޮޕްމެންޓު ބޭންކު ރާއްޖެއަށް މުހިންމުވާ ސަބަބުތައް މިނިސްޓަރު ވަނީ ކިޔައިދެއްވަފަ އެވެ. އެގޮތުން، މަންފާއެއް ނުލިބި ގިނަދުވަސް ވެފައިވާ ރަށްތަކާއި ފަޅުތައް ތަރައްގީކުރަން މި ބޭންކުގެ ސަބަބުން މަގުފަހިވާނެކަމަށް ސައީދު ލިޔުއްވާފައި ވެއެވެ.
ޑިވެލޮޕްމަންޓް ބޭންކުން ސަމާލުކަންދޭނެ ފަސް ދާއިރާ
ހަކަތައާއި ކާބޯތަކެތީގެ ޔަގީންކަން އަދި އަގުތައް ހިފެހެއްޓުން
ވަޒަންވެރިކަމާއި ބޯހިޔާވަހިކަން
ތިމާވެށި ހިމާޔަތްކުރުން
ޓޫރިޒަމް އަދި ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް
ކަނޑުގެ މަންފާއާއި ކަނޑާއި ގުޅިފައިވާ އިގްތިސާދީ ހަރަކާތްތައް
އިކޮނޮމިކް މިނިސްޓްރީން ބުނީ ޑިވެލޮޕްމަންޓް ބޭންކް މެދުވެރިކޮށް ރާއްޖޭގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓްތައް އިތުރުކޮށް، ޖުމްލަ ގޮތެއްގައި ރާއްޖޭގެ މާލީ ނިޒާމު މެދުވެރިކޮށް ލިބެންހުރި ޑޮލަރުގެ އަދަދު އިތުރުކުރެވޭނެ ކަމަށެވެ. އަދި އިގްތިސާދު އިތުރަށް ފުޅާކުރެވި، ޑިވެލޮޕްމަންޓް ބޭންކުގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވުމުން ދައުލަތުގެ ރިޒާވްއަށް ވެސް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ ކޮމާޝަލް ބޭންކިންގެ ފައިސާ ޖުމްލަ ގޮތެއްގައި ކުރު އަދި މެދު ރާސްތާގެ ދަރަންޏަށް އަމާޒުވުމުގެ ސަބަބުން އިގްތިސާދު ފުޅާކުރުމުގެ ޖާގައެއް ނުލިބޭ ކަމަށެވެ. ނަމަވެސް ޑިވެލޮޕްމަންޓް ބޭންކުން ފައިސާ ހަމައެކަނި ދަރަނީގެ ގޮތުގައި ދޫކުރުމުގެ ބަދަލުގައި މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އާ ގޮތްތަކެއް ތައާރަފްކުރާނެ ކަމަށެވެ.
"އޭގެ ތެރޭގައި އިކުއިޓީ ފައިނޭންސް، ފަންޑުތައް، ސިންޑިކޭޝަން، ރިސްކް އިންޝުއަރެންސް ހިމެނޭ،" މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް ހިންގުމަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމްއެލް)އަށް ލައިސެންސް ދޫކުރީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ފައިނޭންސް ކުރުމަށް ޑިވެލޮޕްމަންޓު ބޭންކެއް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ގަޑިއިރު ކުރިން
0
ވަކިވުމާ ހަމައަށް ސީއީއޯ އަށް ވާނީ މުސާރަދީފައި: ޑިވެލޮޕްމަންޓް ބޭންކު
2 ދުވަސް ކުރިން
0
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި
4 ދުވަސް ކުރިން
0
ބަންކަރިން ހިދުމަތުން މިވަގުތަށް 7 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު
14 ދުވަސް ކުރިން
0
ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ މާލީ ސެންޓަރުގެ ބިންގާ އަޅައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ގޮވައިލައްވައިފި
5 ގަޑިއިރު ކުރިން
0
އެމެރިކާގެ ވާހަކަ ތަކުގައި މުޅިން ވެސް ހުރީ މަކަރު: އީރާން
6 ގަޑިއިރު ކުރިން
0
މުޒާހަރާކުރި އޮޑިވެރީންނަށް އެޗްޑީސީން ވަގުތީ ހައްލެއް ހޯދައިދީފި
6 ގަޑިއިރު ކުރިން
0
އަރަބި ސަމިޓް ނިންމާލީ އިޒްރޭލާ ދެކޮޅަށް ދަތިކުރަން ވެސް ގޮވައިނުލައި!
6 ގަޑިއިރު ކުރިން
0