
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ އެވެ. ޓީބީއީއޭ ގުރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޕްރެސިޑެންޓް ސަންގް ހޮންގް ޒޮންގް އެވެ.މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވަށް ފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އެއްބަސްވުމުގެ ދަށުން ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް މާލެ، ވިލިގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމާއި، އެ ސަރަހައްދުތަކުގެ ހަކަތައިގެ ޑިމާންޑްތައް ފުއްދުމަށް ހަރުދަނާ ނެޓްވޯކެއް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި 150 މެގަވޮޓްގެ ޑުއަލް ފިއުލް ޕަވާ ޕްލާންޓެއް ގާއިމުކޮށް ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކޮށް، ހަކަތައިގެ ސްޓޭބަލް އަދި އިތުބާރު ހިފޭ ސަޕްލައިއެއް ކަށަވަރުކުރުމަށްޓަކައި ސެންޓްރަލް ފެސިލިޓީއެއް ތަރައްގީ ކުރަން ވެސް ހަމަޖެހިފައިވެ އެވެ.ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ މިމަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް ސްޓެލްކޯ އިން ލަފާ ކުރެ އެވެ.