ޚަބަރު
ކުރީގެ ޑިފެންސް ޗީފް ޝިޔާމްގެ މައްސަލަ އިތުރަށް ދިރާސާކުރަން ހުކުމް ކުރުން ފަސްކޮށްފި
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް - ރިޓަޔާޑް އަހުމަަދު ޝިޔާމް
އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހްމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ފަސްކޮށްފި އެވެ.

ޝިޔާމަށް ހުކުމްކުރުމަށް މިއަދު 11:30 އަށް އޮތީ ތާވަލްކޮށްފަ އެވެ. ނަމަވެސް ހުކުމްކުރުން ކޯޓުން މިހާރު ވަނީ ފަސްކޮށްފަ އެވެ. ފަސްކުރި ވަކި ސަަބަބެއް ކޯޓުން ނުބުނެ އެވެ.

ޝިޔާމަށް ހުކުމްކުރުމަށް މީގެކުރިންވެސް ކޯޓުން ޝަރީއަތުގެ މަޖިލީހެއް ބާއްވަން ތާވަލްކޮށްފައި ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.

މި މައްސަލާގައި ޝިޔާމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ދައުލަތުގެ ދައުވާގައި ސާބިތުކޮށްދެވިފައިނުވާ ކަމަށާއި މިހެން އޮތް މައްސަލައެއް ސާބިތުވާ ކަމަށް ކޯޓުން ކަނޑައަޅައިފި ނަމަ، ގޯސް ނަތީޖާތަކެއް ނުކުންނާނެ ކަމަށް އޭނާގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދައުވާކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އެންގުމަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގަށް ފަހު އެވެ. ނަމަވެސް އޭގެކުރިން އޭސީސީން އެ މައްސަލަ ތަހުގީގުކޮށް، ފައިލް ކޮށްފައި އޮތީ ކޮރަޕްޝަން އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ނިންމުމަށްފަހު އެވެ.

ދައުވާގައި ބުނެފައިވަނީ ވީއައިޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި ސިފައިންގެ ހިދުމަތްތަކަށް އަންނަ ހާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ތަނެއްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެފަދަ ކަންކަން ހުއްދަވާނެ ކަމެއް ނޫން ކަމަށެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު