ޚަބަރު
ބިންވެރިޔާ ސްކީމްގެ އޮޑިޓުން ފާހަގަވި އިތުރު މައްސަލަތައް ފުލުހަށް
ހުޅުމާލެ ބިންތަކެއް - ފޮޓޯ/ އެޗްޑީސީ
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކާ ގުޅޭ ގޮތުން އޮޑިޓެއް ހަދައި، އެ އިން ފާހަގަވި މައްސަލަތައް ބަލައިދިނުމަށް އެދި އެޗްޑީސީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ، އެ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމުގެ ހުއްދައަށް އެދޭއިރު، އެންމެ މީހަކަށްވުރެ ގިނަ މީހުން އެއް ބިމެއްގައި އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅަމުންދާ ކަމަށެވެ.

އެޗްޑީސީން ބުނީ އެއް ބިމެއްގައި ގޯތި އަޅަން އެތައް ބަޔަކު އެދެމުންދާތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެ ގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިންތަކުގެ ހާއްސަ އޮޑިޓެއް ހެދުމުން މިފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާކަމަށް އެޗްޑީސީން ބުންޏެވެ. އެހެންކަމުން މިކަން އިތުރަށް ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް މިހާރު ހުށަހަޅާފައިވާކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އިތުރަށް ކުރިއަށްއޮތް ތަނުގައިވެސް، މިފަދަ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލަ ފެންމަތިވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު