ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަޅުގަނޑުގެ މައްޗަށް ރައީސްގެ ނުފޫޒެއް ނުފޯރާނެ: އަބްދުއްރަހީމް
އިސްމާއިލް ރިޒާ
18 މާޗް 2025 - 12:43
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއް ނުވަތަ ރިޔާސަތުގެ ކޮންޓްރޯލު ވެސް އޮތީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަތްޕުޅުގައި ނޫންކަމަށާއި، މަޖިލީހަށް ރައީސްގެ އެއްވެސް ނުފޫޒެއް ނުފޯރާކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުއްﷲ މިއަދު ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ މަޖިލީހުގައި ކުރިއަށްދިޔަ ކޮމެޓީ ރިޕޯޓެއްގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހުށަހަޅުއްވާފައިވާ މައްސަލަ އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ މަޖިލިސް ކޮންޓްރޯލްކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
އޭނާ ވިދާޅުވީ އަބްދުއްރަހީމާއި މެންބަރުން ވެސް ކޮންޓްރޯލުކުރައްވަނީ ރައީސްކަމަށެވެ.
"ވަކީން ހާއްސަކޮށް [މަޖިލިސް] ރައީސަކީ، ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލުގައި އިންނެވި ބޭފުޅެއް. ބޮޓުންތަކެއް އޮޕަރޭޓްކުރާ ގޮތަށް މި ތަން މި އޮޕަރޭޓްކުރަނީ،" މައުރޫފް ވިދާޅުވި އެވެ.
އެއާއެކު މައުރޫފްގެ ވާހަކަ ހުއްޓުވުމަށްފަހު އަބްދުއްރަހީމްވަނީ މަޖިލިސް ހިންގަމުން ދަނީ މަޖިލިސް ހިންގުމަށް އެކުލަވައިލައިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
އަދި ރައީސްގެ ކޮންޓްރޯލު މުޅި މަޖިލީހަށާއި، ރިޔާސަތަށް އޮތް ކަމަށް ބުނެ މައުރޫފް ވިދާޅުވީ ރަނގަޅު ވާހަކަފުޅެއް ނޫންކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ނިސްބަތް ވެވަޑައިގަންނަވާ ޕާޓީގެ ސުޕަ މެޖޯރިޓީ މިތާ އޮތުމަކީ އެއީ އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު މިތަން ކޮންޓްރޯލްކުރާ ކަމަށް ވާހަކަ ވިދާޅުވެވޭނެ ސަބަބެއް ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުންނަކީ "ބޮޓުން" ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން މީގެ ކުރިންވެސް ވިދާޅުވެފައިވާއިރު އެ ގޮތަށް ވާހަކަ ނުދެއްކެވުމަށް އަބްދުއްރަހީމް އެދިވަޑައިގެންފައިވެ އެވެ.
މަޖިލީހުގެ މަސައްކަތްތައް ހިނގަމުން އަންނަ ގޮތާއެކު ސަރުކާރާ އިދިކޮޅު ގިނަ އަދަދެއްގެ އާންމުންގެ ފާޑުކިޔުން ވެސް އަދި އިދިކޮޅު އެމްޑީޕީގެ އިސްވެރިންގެ ފާޑުކިޔުން ވެސް އަންނަނީ މަޖިލީހަށް އަމާޒުވަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ޝީޝާ މަނާކޮށް ހަކުރު ސަބްސިޑީ ކަނޑާލަން މަޝްވަރާއެއް ނުކުރަން: ރައީސް
4 ދުވަސް ކުރިން
0
މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބުދޭ ގާނޫނަށް އަމަލުކުރަން ފަށައިފި
6 ދުވަސް ކުރިން
0
އުނގުލު އުނގޫފާރަށް، އަދި ވަށަފަރަށް ކަނޑާލިފިނޮޅު ދީފި
7 ދުވަސް ކުރިން
0
މަޝްރޫއުތައް ހުއްޓާލި ރަށްތަކުގެ ތަފްސީލު ދޭން އެމްޑީޕީން އެދެފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފްލެޓް ކެޓަގަރީއަށް އިސްލާހުތަކެއް
6 ގަޑިއިރު ކުރިން
0
ސަރުކާރުގެ ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށަށް ފޮނުވަން ފަށައިފި
6 ގަޑިއިރު ކުރިން
0
ކުޅުދުއްފުށީ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރަން އެމްޓީސީސީއަށް
7 ގަޑިއިރު ކުރިން
0
އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި 8 މީހަކަށް ދައުވާކޮށްފި
7 ގަޑިއިރު ކުރިން
0