ކުޑަގިރި ފަޅުގައި ތަރައްގީ ކުރާ ޑައިވް ސައިޓަށް އެއާ މޯލްޑިވްސްގެ ދެ މަތިންދާ ބޯޓު ފައްތައިފި
މަރިޔަމް އަނާ
15 މާޗް 2025 - 21:27
0 comments
ގަންބާލީ ރާއްޖޭގައި ބޭނުން ކުރި ފުރަތަމަ އެއް މަތިންދާ ބޯޓު -- ފޮޓޯ: އެޗްޑީސީ
ޑައިވްސައިޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކ. ކުޑަގިރި ފަޅަށް އެއާ މޯލްޑިވްސް ދެ މަތިންދާބޯޓު މިއަދު ފައްތައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާއި އެމްޓީސީސީ އާއި އެޗްޑީސީ ގުޅިގެން މި މަޝްރޫއު ހިންގަނީ ކުޑަގިރިއަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަކޮށެވެ.މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުން އެނގޭ ގޮތުން، ކުޑަގިރި ފަޅަށް މިއަދު ފެއްތި ބޯޓުތައް ހުރީ އެއްކޮށް ސާފުކޮށް އޮޔާއި ރާޅަށް ގުޑާ ގުޑުން ކުޑަ ކުރުމަށްޓަކައި ފައި ތަނބުތަކެއް ޖަހައި ބަރުކޮށްފަ އެވެ.އެޗްޑީސީ އިން އެ މަސައްކަތްކުރީ އެމްއެމްޕީއާރްސީ އާއި އެމްޓީސީސީއާ ގުޅިގެންނެވެ. އެ ބޯޓު އެ ސަރަހައްދަށް ފެއްތުމުގެ މަސައްކަތް ކުރީ އެމްޓީސީސީގެ ލޭންޑިން ކްރާޓެއްގެ އެހީގަ އެވެ.ކުޑަގިރި އަކީ މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދިއުމަށް ހަދާފައިވާ ރަށެކެވެ. އެރަށް ބޭނުން ކުރަން ފެށީ 2023 ވަނަ އަހަރު އެވެ.ކުޑަގިރި ފަޅުގައި މި ޑައިވްސައިޓު ތަރައްގީ ކުރަނީ، ތިމާވެއްޓަށް ގެއްލުން ވެދާނެތޯ ބަލައި އީއައިއޭ ހަދައިގެންނެވެ.މިއީ ރާއްޖޭގައި ތަރައްގީ ކުރާ މިފަދަ ފުރަތަމަ ޑައިވްސައިޓެވެ. މިތަނަށް ފެއްތީ ކުރިން އެއާ މޯލްޑިވްސް އިން ބޭނުން ކުރި މިހާރު ހަލާކުވެފައިވާ ދެ ބޯޓެވެ.
ކިޔުންތެރިންގެ ޝުއޫރު