ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ރޯދަ މަހުގެ ފަހު 10ގެ ތިން ދުވަހެއްގައި އެމްއައިބީ ހުޅުވާނެ
ހަސަން ހަލީމް
17 މާޗް 2025 - 16:12
0
comments
Tweet
Telegram
ރޯދަ މަހުގެ ފަހު 10 ގެ ތިން ދުވަހަކު މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވައިގެން ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ރޯދަ މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް މިއަހަރު ވެސް ވަނީ ނިންމާފަ އެވެ.
އެހެންކަމުން އެ ބޭންކުން ވަނީ ރޯދަ މަހުގެ ފަހު ދިހައެއްގައި ބޭންކު ހުޅުވާނެ ދުވަސްތަކެއް ކަނޑައަޅައިފައެވެ. އެ ބޭންކުން ބުނީ، މިމަހުގެ 20ވަނަ ދުވަހާއި 27 އަދި 29ވަނަ ދުވަހު އެ ބޭންކު ހުޅުވާނެ ކަމަށެވެ.
އެ ތިން ދުވަހު އެމްއައިބީން ހިދުމަތް ދޭނީ ހެނދުނު 9:30އިން މެންދުރު 14:00ގެ ނިޔަލަށެވެ. އަދި، އެ ދުވަސްތަކުގައި ބޭންކަށް ގޮސްގެން ވެސް ކަސްޓަމަރުންނަށް ޚިދުމަތް ހޯދޭނެ ކަމަށް އެމްއައިބީން ބުނެފައިވެ އެވެ.
އެމްއައިބީގެ ބިޒްނަސް ބްރާންޗު (ހެޑް އޮފީހުގެ ގްރައުންޑް އަދި ފަސްޓު ފްލޯ) ހަފްތާ ބަންދު ފިޔަވައި ފަހު 10 ގެ ހުރިހާ ދުވަހެއްގައި ވެސް ހުޅުވާފައި ހުންނާނެ އެވެ.
އެމްއައިބީ އަކީ އެ ބޭންކުގެ ހުރިހާ ހިދުމަތެއްވެސް ބޭންކަށް ނުގޮސް ހޯދޭ ބޭންކެކެވެ. އެގޮތުން 2023 އިން ފެށިގެން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭއިރު، އެ ބޭންކުގެ ފައިސާނެޓުން ވިޔަފާރިތަކަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަ ވީއްލުންތަކެއް ބާއްވަނީ
4 ދުވަސް ކުރިން
0
މާލޭ ސަރަހައްދުގެ 34 މިސްކިތެއްގައި ދަމު ނަމާދު ކުރަނީ
6 ދުވަސް ކުރިން
0
މި ރޯދަ މަހު ވެސް ފަހު 10 ގައި ސަރުކާރު ބަންދު
8 ދުވަސް ކުރިން
0
އަންގާރަ ދުވަހުން ފެށިގެން މާލޭ ސަރަހައްދަށް މަސްދަޅު ކޭސް ދޫކުރާނީ މިފްކޯގެ ފިހާރަތަކުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައިސިނާ ޑައިލޮގުގައި ބައިވެރިވާން މިނިސްޓަރު ހަލީލު އިންޑިއާއަށް
1 ގަޑިއިރު ކުރިން
0
ބިންވެރިޔާ ސްކީމްގެ އޮޑިޓުން ފާހަގަވި އިތުރު މައްސަލަތައް ފުލުހަށް
1 ގަޑިއިރު ކުރިން
0
ރޯދަ މަހުގެ ފަހު 10ގެ ތިން ދުވަހެއްގައި އެމްއައިބީ ހުޅުވާނެ
6 ގަޑިއިރު ކުރިން
0
މި ރަމަޟާން މަހު ދިރާގު މެޖިކް ޑޭޓާ އެކްޓިވޭޓްކޮށްގެން ހިލޭ ޑޭޓާ
9 ގަޑިއިރު ކުރިން
0