ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އެމްއައިބީން ރީޓެއިލް ކަސްޓަމަރުންނަށް މެރީޑިއަމް ބްރާންޗު ހާއްސަކޮށްފި
ހަސަން ހަލީމް
06 މެއި 2025 - 19:13
0
comments
Tweet
Telegram
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން އާޓިފިޝަލް ބީޗު ކުރިމަތީގައި ހިންގާ ބްރާންޗު އާންމުންނަށް ހިދުމަތް ދޭ ރީޓެއިލް ތަނަކަށް ބަދަލުކޮށްފި އެވެ.
އެ ބޭންކުން ބުނީ މިގެނެވުނު ބަދަލާއެކު އެ ބްރާންޗު ބޭނުން ކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށް ކަންކަން ތަރުތީބު ކޮށްފައި ވާކަމަށެވެ.
އެގޮތުން އޮފީސްތަކުގައި މަސައްކަތް ކުރާ ބޭފުޅުންނަށް ފަސޭހަ ވާނޭ ގޮތަށް އެ ބްރާންޗު ބަންދު ކުރާގަޑި ވެސް ލަސްކޮށްފައި ވާކަމަށް އެމްއައިބީއިން ބުނެއެވެ.
އެމްއައިބީއިން ބުނީ ރީޓެއިލް ކަސްޓަމަރުންނަށް ޚާއްސަ އެ ބްރާންޗުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން 16:00 އަށް ކަމަށެވެ. އަދި ކާޑާއި އަނގޮއްޓީގެ އިތުރުން ޓެގު ދޫކުރުން ކުރިޔަށް ދާނީ ހެނދުނު 10:00 އިން 18:00 އަށް އެ ބްރާންޗުގެ ގްރައުންޑް ފްލޯއިން ކަމަށް އެމްއައިބީއިން މަައުލޫމާތުދެއެވެ.
އެމްއައިބީގެ މީޑިއާ މެނޭޖާ އަހްސަން ޖަމީލް ވިދާޅުވީ އެ ބޭންކުގެ އަމާޒަކީ މުޖުތަމައުގެ އެއްވެސް ފަރުދެއް ބާކީ ނުކޮށް ހިދުމަތް ލިބޭނެ މަގު ފަހިކުރުން ކަމަށެވެ.
"މި ބްރާންޗް މެދުވެރިކޮށް އަމިއްލަ ފަރުދަކަށް ބޭނުންވާނެ ހުރިހާ ބޭންކިން ހިދުމަތެއް ލިބޭނެ. އެކައުންޓު ހުޅުވުމާއި، ފައިސާ ޖަމާކޮށް ނެގުމުގެ އިތުރުން، ޗެކު ފޮތް ނެގުން އަދި ބޭންކް ސްޓޭޓްމަންޓަށް ވެސް އެދެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްއައިބީން ފާއިތުވި އަހަރު އޭޓީއޭމްގެ ހިދުމަތް އެކި ރަށްރަށަށް ފުޅާކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި އެ ބޭންކުން މިދިޔަ އަހަރު އިންގިލާބީ އެކި ޕްރޮޑަކްޓުތައް ލޯންޗުކޮށްފައިވެ އެވެ. އޭގެތެރޭގައި ފައިސާ ވެއާ އަނގޮޓި، ޓެގް އަދި ބިންގާގެ ނަމުގައި ކުޑަކުދިންނަށް ހާއްސަކޮށް ލޯންޗުކުރި އެކަންޓުތައް ފާހަގަކޮށްލެވެ އެވެ.
އެމްއައިބީ އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖްޑް އިސްލާމިކް ބޭންކެވެ. އަދި ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
11 ދުވަސް ކުރިން
0
އެމްއައިބީގެ އޭޖީއެމް އަންނަ މަހު 8 ގައި ބާއްވަނީ
12 ދުވަސް ކުރިން
0
ކާޑު ޑޭޓާ ކޮމްޕްރޮމައިޒްވެގެން ހިނގާ މުއާމަލާތްތަކުން ކަސްޓަމަރުންނަށް މާލީ ގެއްލުމެއް ނުވާނެ: ބީއެމްއެލް
2 މަސް ކުރިން
0
އެމްއައިބީގެ ހިއްސާދާރުންނަށް 103 މިލިއަން ރުފިޔާ ބަހަން ހުށަހަޅަނީ
2 މަސް ކުރިން
0
ރޯދަ މަހުގެ ފަހު 10ގެ ތިން ދުވަހެއްގައި އެމްއައިބީ ހުޅުވާނެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެމްއައިބީން ރީޓެއިލް ކަސްޓަމަރުންނަށް މެރީޑިއަމް ބްރާންޗު ހާއްސަކޮށްފި
2 ގަޑިއިރު ކުރިން
0
އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ
3 ގަޑިއިރު ކުރިން
0
އުރީދޫ އާއި އެމްއެމްޕީއާރްސީ ގުޅިގެން ރާއްޖެ އިޝްތިހާރުކުރަނީ
6 ގަޑިއިރު ކުރިން
0
ބުރޫނާއީން ސިއްހީ އެހީތެރިކަން ހޯދަން މަޝްވަރާކޮށްފި
7 ގަޑިއިރު ކުރިން
0