ޚަބަރު
ނަތަންޔާހޫގެ ތަގުރީރު ރާއްޖޭން ބޮއިކޮޓްކޮށްފި
ނަތަންޔަހޫ ވާހަކަ ދައްކަން ފެށުމާއެކު ދިވެހި ވަފްދުވެސް މަޖިލީސް ދޫކުރައްވާ ބޭރަށް
އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަގްރީރު ކުރަން ފެށުމުން އެހޯލުގައި ތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެއްޖެއެވެ.

ނަތަންޔާހޫގެ ތަގުރީރު ފެށުމާއެކު ގިނަ އަދަދެއްގެ ގައުމުތަކުން މަޖިލީހަށް ގޮސް ތިބި ވަފުދުތައް ވަނީ މާލަން ދޫކޮށް ނިކުމެ ބޮއިކޮޓްކޮށްފައެވެ.

އެއީ އިސްރާއިލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުންނާއި މިހާރު ލުބުނާނަށް ދެމުން އަންނަ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ގިނަ ގައުމުތަކެއްގެ ވަފުދުތައް ނުކުތްއިރު އޭގެ ތެރޭ ދިވެހިރާއްޖޭގެ ވަފުދު ވެސް ހިމެނޭކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލުކުރައްވާ އެ ގައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައެވެ.

ރަައިސް މުއިއްޒަކީ ފަލަސްތީނުގެ މައްސަލައިގައި އެކި ޕްލެޓްފޯމްތަކުގައި އަޑުހަރުކޮށް ވާހަކަފުޅު ދައްކާވާ ބޭފުޅެކެވެ.

މީގެ ކުރިންވެސް އދ ގެ ޕެލެނަރީ އޮފް ސަމިޓް އޮފް ދަ ފިއުޗާގައި ރައީސް ވަނީ ހިތްވަރާއެކުގައި ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓުވަން ޖެހޭ ކަމަށާއި ފަލަސްތީނަކީ ވަކި ދައުލަތެއް ކަމަށް ނިންމަން ޖެހޭ ކަަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު