ވިޔަފާރި
އުރީދޫ އިން އައިފޯން 16 ގަތުމަށް ޕްރީ އޯޑަރު ކުރި މީހުންނަށް ފޯން ހަވާލުކޮށްފި
އުރީދޫ މެދުވެރިކޮށް އައި ފޯނު ލިބުނު ކަސްޓަމަރަކާ ފޯނު ހަވާލުކުރަނީ.
އުރީދޫ މެދުވެރިކޮށް އައިފޯނު 16 ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރު ދިން ކަސްޓަމަރުންނާ އެ ފޯނުތައް ހަވާލުކޮށްފި އެވެ.

ފޯނުތައް ހަވާލުކުރުމަށް ބޭއްވި ހަފްލާ އޮތީ ރޭ ދަންވަރު 12 ޖެހިއިރު އުރީދޫގެ ހެޑްއޮފީހު ގައެވެ.

އުރީދޫ މޯލްޑިވްސް މެދުވެރިކޮށް އައިފޯން 16 ގަތުމަށް ޕްރީ އޯޑަރަށް ހުޅުވާލީ މިމަހު 20 ވަނަ ދުވަހު އެވެ.

އުރީދޫން ޕްރީ-އޯޑަރަށް ހުޅުވާލި އަގުތައް:

  • އައިޕޯން 16 ޕްރޯ (256 ޖީބީ): 24،899 ރުފިޔާ
  • އައިޕޯން 16 ޕްރޯ މެކްސް (256 ޖީބީ/512 ޖީބީ): 27،199 ރުފިޔާ

އައިފޯން 16 ސީރީޒް

އައިފޯން 16 އަދި 16 ޕްލަސްއަކީ މުޅިން އާ އޭ18 ޗިޕް ހިމަނައިގެން އުފައްދާފައިވާ، ކެމެރާ ކޮންޓްރޯލް، ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑްތައް އަދި އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ކަންކަން ފަސޭހައިން ކުރެވޭ ފީޗާއަކާއި ބެޓަރީ ލައިފް އިތުރަށް ރަނގަޅުކޮށްފައިވާ މޮޑެލްތަކެކެވެ.

އައިފޯން 16 ޕްރޯ އަދި 16 ޕްރޯ މެކްސްގައި ހިމެނެނީ އޭ18 ޕްރޯ ޗިޕެކެވެ. މި ޗިޕުގެ އެހީގައި މި އިންޑަސްޓްރީގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ ޕާފޮމެންސް، ބޮޑު ޑިސްޕްލޭ ސައިޒް، ކެމެރާ ކޮނޓްރޯލް، އިނޮވޭޓިވް ޕްރޯ ކެމެރާ ފީޗާތައް އަދި ބެޓެރި ލައިފްއަށް އިތުރު ކުރިއެރުންތަކެއް ވަނީ ގެނެސްފަ އެވެ.

އައިފޯނު 16ގެ ސީރީޒްގައި ހިމެނޭ ފޯނުތައް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެލްމޮބައިލްއިން އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރު ދިނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

އެންމެ ފަހުގެ އައިފޯނުގެ މޮޑެލްތައް ބާޒާރަށް ނެރުމާއެކު އުރީދޫ އިން އަބަދު ވެސް ޕްރީއޯޑާ ކޮށްގެން ފަހުގެ ފޯނު ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު