ޚަބަރު
ސިމްބޮލިކާއި ހަބޭސް ބޮޑުބެރު ގްރޫޕާއެކު އުރީދޫގެ ހާއްސަ ހަރަކާތެއް މިރޭ އާޓިފިޝަލް ބީޗުގައި
އުރީދޫ މޯލްޑިވްސްއިން މިރޭ މިއުޒިކް ޝޯއަކާއެކު އާޓިފިޝަލް ބީޗުގައި ހާއްސަ ހަރަކާތެއް ބާއްވަނީ
އުރީދޫ މޯލްޑިވްސްއިން މިރޭ މިއުޒިކް ޝޯއަކާއެކު އާޓިފިޝަލް ބީޗުގައި ހާއްސަ ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އުރީދޫއިން ބުނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އެ ހަރަކާތް އޮންނާނީ މިރޭ 8:30އިން 10:00އަށް ކަމަށެވެ.

އެ ހަރަކާތުގައި ހަބޭސް ބޮޑުބެރު ގުރޫޕާއި ސިމްބޮލިކް ރެކޯޑްސްގެ ހުށަހެޅުންތައް ފެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫއިން ވަނީ ވީހާ ވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށް ދައުވަތު ދީފަ އެވެ.

ރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ އުރީދޫއިން ވަނީ އެންމެ ފަހުގެ އައިފޯނަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު މިދިޔަ ހުކުރު ދުވަހު ހުޅުވާލާފަ އެވެ.

އުރީދޫއިން އައިފޯން 16 ޕްރޯގެ ޕްރީއޯޑާ ފެށޭ އަގަކީ 24،899 ރުފިޔާ ކަމަށްވާއިރު، އައިފޯން 16 ޕްރޯ މެކްސްގެ ފެށޭ އަގަކީ 27،199 ރުފިޔާ އެވެ.

އުރީދޫއިން އަންނަނީ ކަސްޓަމަރުންނަށް ޝައުގުވެރި އެކި ހަރަކާތްތައް އަބަދުވެސް ހިންގަމުންނެވެ. އެގޮތުން މީގެ ކުރިން ވެސް ތަފާތު އެކި ޝޯތަކާއި ރަންތައް އެ ކުންފުނިން ބާއްވާފައިވެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު