ޚަބަރު
އާ ޕީޖީ އޭސީސީގެ ރައީސް އާ ބައްދަލުކޮށް މަޝްވަރާކޮށްފި
އާ ޕީޖީ އޭސީސީގެ ރައީސް އާދަމް ޝާމިލް އާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން-
ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އޭސީސީން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވިދާޅުވެއްޖެ އެވެ.

ޕީޖީ އެގޮތަށް އެދިވަޑައިގަތީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އޭސީސީގެ ރައީސް އާދަމް ޝާމިލްއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. 

ޕީޖީ އޮފީހުންު ބުނި ގޮތުގައި އެ ބައްދަލުވުމުގެ ތެރެއިން، އޭސީސީން ކުރަމުން އަންނަ މަސައްކަތުގައި ޕީޖީ އޮފީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީން ކަން އައްބާސް ދެއްވި އެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމު ކަން ފާހަގަ ކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށް ވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާ ނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ޕީޖީ ދެއްވި ކަމަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު