ވިޔަފާރި
އެމްއެސްއެސްގެ ދަތުރުތައް އިންޑޮނޭޝިއާއަށް
ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ދަތުރުތައް އިންޑޮނޭޝިއާއަށް ފަށާނެކަން އެ ޝިޕިންލައިނުން އިއުލާންކޮށްފި އެވެ. 

އެމްއެސްއެސްއިން ބުނީ، މި ދަތުރުތައް ކުރާނީ އިންޑޮނޭޝިއާގެ ބެލަވަންއިން މެލޭޝިއާގެ ޕޯޓު ކިލާންގް އަދި ސްރީލަންކާގެ ކޮލޮމްބޯއަށް ކަމަށެވެ.

މި ދަތުރުތަކުގައި ބޭނުންކުރަނީ އެމްއެސްއެސްގެ އަމިއްލަ ބޯޓެވެ. އެއީ އެމްއެސްއެސް ގްރެފީންއެވެ. އެމްއެސްއެސްއިން މެލޭޝިއާއަށް ދަތުރުތައް ފެށީ މިދިޔަ ޖުލައިމަހުގެ ތެރޭގަ އެވެ.

މި ދަތުރުތަކަށް މިހާރު މިވަނީ އިންޑޮނޭޝިއާވެސް އިތުރުކޮށްފަ އެވެ. މުދާތައް ކޮލޮމްބޯއަށް ގެނައުމަށްފަހު އެމްއެސްއެސްގެ ކޮލޮމްބޯއިން މާލެ ދަތުރުކުރާ ބޯޓުތަކުގައި ރާއްޖެއަށް ފަސޭހަކަމާއި އެކު މުދާ ގެނެވޭނެ ކަމަށް އެމްއެސްއެސްއިން ބުންޏެވެ.

އެމްއެސްއެސްގެ ޗީފް ކޮމާޝިއަލް އޮފިސާ ތަހާ މުހައްމަދު މިއަދު ވިދާޅުވެފައިވާ ގޮތުގައި އަލަށް ތައާރަފްކުރި އިންޑޮނޭޝިޔާ ރޫޓްގެ ދަތުރުތަކުގެ %70 މިހާރު ވަނީ ފުރިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު