
އެ ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރީ ޝާދިޔާގެ ފަރާތުންނެވެ.މިއަދު ހައި ކޯޓުން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ނ. އާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އެހެންވެ, ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.އެހެންވެ، އެ މައްސަލާގައި ޝާދިޔާ ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.ހައި ކޯޓުން މި ހުކުމް މިއަދު އިއްވީ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ތިއްބެވީ: