ޚަބަރު
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން އުޅުނު 45 މީހަކު ހިފަހައްޓައިފި
އަހަރުގެ މިހާތަނަށް ގަވާއިދާ ޚިލާފަށް ބޯޑަރު ހުރަސްކޮށް ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅުނު 45 މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފައިވާ ކަމަށް، ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނުން މިއަހަރުގެ ނިމުނު ތިން ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮޅުވާލައިގެން ރާާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހުއްޓުވާފައިވަނީ އަހަރުގެ ތިންވަނަ ކުއާޓަރުގަ އެވެ.

އެގޮތުން އޮޅުވާލައިގެން ވައިގެމަގުން ރާއްޖެއަށް އެތެރެވާން އުޅުނު ޖުމްލަ 45 މީހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ހުއްޓުވާފަ އެވެ. އެއީ ފުރަތަމަ ކުއާޓަރުގައި 8 މީހުންނާއި ދެވަނަ ކުއާޓަރުގައި 17 މީހުން އަދި ތިންވަނަ ކުއާޓަރުގައި 20 މީހުންނެވެ.

ބޯޑަރ ކޮންޓްރޯލްގެ ކަންކަން ވަރުގަދަކުރުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 50 މީހުން ހުއްޓުވާފައިވާ ކަމަށްވެސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އިމިގްރޭޝަނުން މިހާރު ދަނީ ގަވާއިދާ ހިލާފަށް ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅޭ މީހުންނާއި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަންތަކެއް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ.

އިމިރޭޝަނުން ބުނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށަ ވަށާޖެހޭ ހައްލެއް ގެންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު