ޚަބަރު
މިނިވަންކަމަށް ބުރޫއާރާނެ ކަމެއް ރައީސް ނުކުރައްވާ: ގައްސާން
ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން
އަސްކަރީ ދާއިރާގެ ފުރިހަމަ ބާރު މިހާރު އޮންނާނީ ދިވެހިންގެ އަތުގައި ކަމަށާއި ބޭރުގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. 

ގައްސާން މިހެން ވިދާޅުވީ ރައީސް ޑރ. ހައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމިީ ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ.

ގައްސާން ވިދާޅުވީ މި ދަތުރުފުޅުގައި އަދި އެނޫންވެސް ދަތުރުފުޅެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އުނިކަން ލިބިދާނެފަދަ އެއްވެސް އަމަލެއް ރައީސް މުއިއްޒު ހިންގަވާފައި ނޯންނާނެ ކަމަށެވެ. 

"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ޒައްރެއްގެ މިންވަރަށް ބުރޫއަރާނެ ކަމެއް މި ދަތުރުފުޅުގައި އަދި އެހެން ދަތުރުފުޅެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވާފައި ނެތް. އެއްވެސް އެއްބަަސްވުމެއްގެ ދަށުން ދިވެހިންގެ ސިޔާދަތީ ބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮށްފައެއް ނެތް،" ގައްސާން ވިދާޅުވި އެވެ. 

ގައްސާން އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ދިފާއުކޮށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކަމަށެވެ. އަދި އެކަން ކުރާނީ ދިވެހިރައްޔިތުން ބޭނުންވާ ގޮތަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. 

"މިހާރު އަސްކަރީ ދާއިރާއިން ހިނގާ ހުރިހާ ކަމެއްގައި ފުރިހަމަ ބާރު އޮންނާނީ ދިވެހިންގެ އަތުގައި، ބޭރުގެ އެއްވެސް ނުފޫޒެއް ރާއްޖޭގެ އަސްކަރީ ގޮތުން، ދިފާއީ ގޮތުން ނުފޯރުވޭނެ، މިއީ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވާ ކަމެއް،". އޭނާ ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ބޭރުގެ އަސްކަރީ ބަޔަކު ނެތް ކަމަށާއި، ރާއްޖޭގައި ތިބީ ބޭރުގެ މަދަނި މީހުން ކަަަމަށްވެސް ޣައްސާން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު