ވިޔަފާރި
އެމެރިކާގެ ހާވާޑް ޔުނިވާސިޓީން އުރީދޫގެ 6 މުވައްޒަފަކަށް ތަމްރީނު
ހަވާޑް ޔުނިވާސިޓީން ތަމްރީން ލިބުނު އުރީދޫގެ މުވައްޒަފުން:
އުރީދޫގެ މުވައްޒަފުން އެމެރިކާގެ މަޝްހޫރު ހާވާޑު ޔުނިވާސިޓީއަށް ފޮނުވައިގެން ތަމްރީނު ދެމުން އަންނަ ކަމަށާއި މިހާތަނަށް އެ ކުންފުނީގެ ހަ މުވައްޒަފަކު ތަމްރީނުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫން ބުނީ 2021 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކޮށް، ކުރިއަރުވައި އަދި ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގައި މިފަދަ ޔުނިވާސިޓީއަކުން މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.

އުރީދޫން ބުނީ މި ޕްރޮގުރާމަށް ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ދެ މުވައްޒަފުން ފޮނުވާ ކަމަށެވެ. އެއް އަހަރު ދުވަހުގެ މި ޕްރޮގުރާމްގައި ކޮންމެ އަހަރަކު ބައިވެރިވާ މުވައްޒަފުން ކުންފުންޏަށް އާ އީޖާދީ ހިޔާލުތައް ގެނެސްދޭ ކަމަށާއި އަދި މި ކަމަކީ ހުނަރުވެރިން ބިނާކޮށް، މުވައްޒަފުންގެ ކުރިއެރުމަށް އެ ކުންފުނިން އިންވެސްޓް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެ އެވެ.

އެ ކުންފުނީގެ ޗެއާޕާސަން އަދި ގްރޫޕް އެޗްއާރު އެންޑް ސަސްޓެއިނަބިލިޓީ އޮފިސަރު ފާތިމާ އަލް ކުވާރީ ވިދާޅުވީ އެ ޕްރޮގްރާމުން ގްރެޖުއޭޓްވެފައިވާ މުވައްޒަފުންނާއި މިހާރު ވެސް ޝަރަފުވެރި ހާވާޑް ލީޑާޝިޕް ޕްރޮގްރާމްގައި ކިޔަވަމުން އަންނަ މުވައްޒަފުންނާ މެދު ފަހުރުވެރިވާ ކަމަށެވެ.

"މި ބޭފުޅުންގެ ވިސްނުންތަކަކީ ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ ކުންފުނީގެ މުސްތަގުބަލް ރަމްޒުކޮށްދޭ، އަމިއްލަ ކުރިއެރުމާއި ލީޑަޝިޕް ޑިވެލޮޕްމަންޓަށް އެ ބޭފުޅުން ދެއްވާ އަހައްމިއްޔަތުކަން ކަށަވަރުކޮށްދޭ ކަމެއް. އުރީދޫގައި، އަޅުގަނޑުމެންގެ ހުރިހާ މާކެޓެއްގައި ވެސް ހުނަރުވެރިކަން ތަރުބިއްޔަތުކޮށް، ލީޑަޝިޕް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވޭ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ޕްރޮގްރާމުގައި ކިޔެވި ސްޓާފުންގެ ފަރާތުން އިނޮވޭޝަނާއި އެކްސެލެންސްއަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލްހަމާދީ ވިދާޅުވީ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ލީޑާޝިޕާއި އުފެއްދުންތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މުހިންމު ތަނބެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ދަސްވެނިންނާ މެދު އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން. އެ މީހުންގެ ކުރިއެރުން ރަމްޒުކޮށްދެނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ހިދުމަތް ފޯރުކޮށް ދިނުމުގައި އާ މިންގަނޑުތަކެއް ކަނޑައެޅުމަށް އުރީދޫއިން ކުރާ މަސައްކަތް." އޭނާ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓާ، އެޗްއާރް ފަޒްނާ މަންސޫރު ވިދާޅުވީ އުރީދޫ ތަރައްގީ ކުރަނީ މުވައްޒަފުން ކުރިއަރުވައިގެން ކަމަށެވެ.

"މި ޝަރަފުވެރި ޕްރޮގްރާމަކީ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ހިތްވަރު ލިބޭ ޓްރާންސްފޯމޭޓިވް އެކްސްޕީރިއަންސެއް،" އޭނާ ވިދާޅުވި އެވެ.

އުރީދޫން ބުނީ އެ ކުންފުންޏަކީ އަންނަން އޮތް ޖީލުގެ ލީޑަރުން ތަރުބިއްޔަތު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު