ވިޔަފާރި
އުރީދޫން ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފި
އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށް ސީއީއޯ ޑިޖިޓަލް ކެއާ ޓީމާއި ބައްދަލުކުރައްވައި ޓީމާއި ގުޅިއްޖެ އެވެ.

އުރީދޫން ބުނީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ކަސްޓަމަރުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އިތުރަށް ރަނގަޅަށް ދެނެގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުތަކަށާއި ބިޒްނަސް ޕާޓްނަރު ފިހާރަތަކަށާއި އެކި ހިދުމަތް ދޭ ތަންތަނަށް ކުންފުނީގެ އިސްވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން ސީއީއޯ ހާލިދު އަލް ހަމާދީ ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދީ، ހޭންޑްސް އޮން ސޮލިއުޝަންތައް ހުށަހަޅައި، ބޭނުންކުރާ ފަރާތްތަކުގެ އަގުހުރި ފީޑްބެކްތައް އަޑުއަހާފަ އެވެ.

އުރީދޫގެ ސީނިއަރ މެނޭޖްމަންޓާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ ކަސްޓަމަރުންނާ އަމިއްލައަށް ބައްދަލުކޮށް، އެ މީހުންގެ އަޑު ސީދާ ކުންފުނީގެ ނިންމުންތައް ނިންމާ ފަރާތްތަކަށް އިވޭކަން ކަށަވަރުކޮށްދީފައެވެ. އަދި ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ އާ ގޮތްތައް ދެނެގަނެފައިވާ ކަމށް ވެސް އުރީދޫއިން ބުނެ އެވެ.

އުރީދޫގެ ކަސްޓަމާ ޑޭ އިނީޝިއޭޓިވްގެ ސަބަބުން ކަސްޓަމަރުންނާއި ޕާޓްނަރުންނާ އެކު ގާތް ގުޅުމެއް ބާއްވަން އެ ކުންފުނިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށްދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކަސްޓަމަރުންގެ ކަންބޮޑުވުންތައް އަޑުއަހައި، ފްރަންޓްލައިންއިން ސީދާ މައުލޫމާތު އެއްކޮށްގެން، އެ ކުންފުނީގެ އަމާޒަކީ އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކޮށް، މުޖުތަމައުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ އިނޮވޭޓިވް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް އުރީދޫން މައުލޫމާތުދެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު