ވިޔަފާރި
އުރީދޫ އިން އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ގްރޯ ވިތު އުރީދޫ ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ބާއްވާއިފި އެވެ.

އިޖުތިމާއީ ޒިންމާއަށް އުރީދޫގެ ދިގު މުއްދަތުގެ ވައުދުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރޭގައި ގްރޯ ވިތު އުރީދޫ ސެޝަނަކާއި ޑިޖިޓަލް ޕާޓްނާޝިޕް އިއުލާނާއި ފޮތް ހަދިޔާ ކުރުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އުރީދޫން އިސްރަށްވެހިންގެ ދުވަސް ފާހަގަކުރަން ބޭއްވި މި ހަރަކާތުގައި އުމުރުން ދުވަސްވީ މީހުންނަށް ކަނެކްޓިވިޓީ އިތުރުކުރުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ނާދީގައި އާ ޑިޖިޓަލް ޕާޓްނާޝިޕެއް ވެސް އިއުލާނުކޮށްފަ އެވެ. މި ޕާޓްނާޝިޕުން އުރީދޫގެ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ނާދީގައި ފަސޭހަކަމާ އެކު ލިބޭނެ އެވެ.

މި ހަރަކާތްތަކަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން އުރީދޫން މި އަހަރު ފެށި ކެމްޕެއިންގެ ދަށުން ބޭއްވި ހަރަކާތްތަކެކެވެ.

މި ހަރަކާތްތަކަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން އުރީދޫއިން މި އަހަރު ފެށި ޕްރޮގްރާމުގެ ހިއްސާއެކެވެ. އަދި ޑިޖިޓަލް އިންކްލޫޝަން، ސަސްޓެއިނަބިލިޓީ، ކޮމިއުނިޓީ އެންގޭޖްމަންޓް ޕްރޮމޯޓްކުރާ އިނޮވޭޓިވް ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތައް މެދުވެރިކޮށް މުޖުތަމައުގެ ހުރިހާ ދާއިރާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު