ވިޔަފާރި
ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ޓެކްފިންއަށް
އުރީދޫ މޯލްޑިވްސްގެ އީ-ވޮލެޓު، "އެމް-ފައިސާ"ގެ ހިދުމަތް ދިނުމަށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދޫކޮށްފި އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ރާއްޖޭގައި އިލެކްޓްރޯނިކް ފައިސާގެ ހިދުމަތް ދިނުމުގެ ހުއްދަ އެ ކުންފުންޏަށް މަރުކަޒީ ބޭންކުން އިއްޔެ ވަނީ ދޫކޮށްފަ އެވެ.

އެމްއެމްއޭ އިން ބުނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން، ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް އިއްޔެ ދޫކޮށްފައިވާ ކަމަށެވެ.

މި ލައިސަންސް ދިނުމާ ގުޅިގެން، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް އިން މިހާރު ދެމުން އަންނަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތާއި ރެމިޓަންސްގެ ހިދުމަތް، ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރެވިގެން ދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު