ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކުޅިވަރަށް ބޭނުންވާ ވަސީލަތްތަކަށް ސަރުކާރުން 255 މިލިއަން ރުފިޔާ ހަރަދުކޮށްފި
އަލީ ރާޒީ
18 އޮކްޓޫބަރ 2024 - 21:28
0
comments
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު
Tweet
Telegram
މި ސަރުކާރުން ކުޅިވަރު ކުރިއެރުމަށް މިހާތަނަށް 255 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މޯލްޑިވިސް ސްޕޯޓްސް އެވޯޑް 2024 ގައި ވާހަކަފުޅުދައްކަމުން ރާފިއު ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް އެކަނިވެސް 255 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރައްވާފައިވާކަމަށެވެ. މިއީ ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ކުޅިވަރު ތަރައްގީ ކުރުމަށް ސަރުކާރުން ކުރެއްވި ބޮޑު ހޭދައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ރޭ ވިދާޅުވީ ގައުމީ ޓީމްތަކުން މިއަހަރު ހޯދައިދިން ނަތީޖާތަކާއި ކާމިޔާބީތަކަކީ އެކަމަށް ތަޢުރީފް ހައްޤު އަދި ކުރިއަށް އޮތް ދުވަސްތަކަށް އުއްމީދާއި ހިތްވަރު ލިބޭ ކާމިޔާބީތަކެއް ކަމަށެވެ.
" މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް ބައިނަލްއަގްވާމީ 74 ކުޅިވަރު ހަރަކާތެއްގައި އެކި ކުޅިވަރުތަކުން ވަނީ ބައިވެރިވެފައި. މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ގައުމީ ޓީމްތަކުން ބައިނަލްއަގްވާމީ މައިދާނުގައި ވަނީ 22 މެޑަލް ހޯދާފައި. މީގެ ތެރޭގައި 9 ރަން މެޑަލް، 9 ރިހި މެޑަލް އަދި 4 ލޯ މެޑަލް ހިމެނޭ. " މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ކުޅުންތެރިންނަށް ލިބޭ އަނިޔާތަކުން ފަރުވާ ހޯދުމަށް ހުރި ދަތިތައް ފިލުވައިދިނުމުގެ ގޮތުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ޚާއްސަ އިންޝުއަރެންސް ސްކީމެއް ތާރަފުކުރުމަށް ސަރުކާރުން ނިންމާފައި ވާކަމަށާއި މި އިންޝުއަރެންސް ސްކީމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް މިހާރު ފޮނުވާފައި ވާނެ ކަމަށްވެސް ރާފިއު ވަނީ ވިދާޅުވެފައެވެ.
ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރީންގެ އެންމެ ބޮޑު ޝަކުވާއަކަށްވާ ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ގައުމީ ކޮންމެ ކުޅިވަރަކަށް ޚާއްސަ ކުޅިވަރު ފެސިލިޓީއެއް މި ފަސް އަހަރުގެ ތެރޭގައި ގާއިމްކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު، ރާފިއު ވަނީ ކުޅިވަރުގެ މުއައްސަސާތަކުން ވޭޕް ބޭނުންކުރުމާ ގުޅޭ ގޮތުން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބަދެއްވައި ދިވެހި އެތުލީޓުންނާއި ޒުވާނުން ވޭޕުން ސަލާމަތްކުރުމަށް އެކަން މަނާކުރުމަށް ސަރުކާރުން ނެގި އަވަސް ފިޔަވަޅަށް މުޅި ކުޅިވަރު އާއިލާގެ ނަމުގައި ރައީސަށް ޝުކުރު ދަންނަވައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
11 ގަޑިއިރު ކުރިން
0
ދުންފަތާ ދެކޮޅު ފިޔަވަޅުތަކާ ގުޅިގެން ރައީސް މުއިއްޒަށް ހާއްސަ އެވޯޑެއް
13 ގަޑިއިރު ކުރިން
0
މަސް ގަންނަ އަގު 20ރ. އަށް މަތިކުރާނެކަމުގެ ޔަގީންކަން
18 ގަޑިއިރު ކުރިން
0
ކުޅިވަރުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ތަސްދީގުކުރައްވައިފި
1 ދުވަސް ކުރިން
0
އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ގޮވައިލައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވައިގެ މަގުން އެތެރެކުރަން ކުރަން އުޅުނު އެއް ކިލޯ ކޮކެއިން އަތުލައިގެންފި
11 ގަޑިއިރު ކުރިން
0
ކައުންސިލްތަކުގެ ބައިއިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި
11 ގަޑިއިރު ކުރިން
0
ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށަން އެމްޕީއެލްއާ ހަވާލުކޮށްފި
11 ގަޑިއިރު ކުރިން
0
ދުންފަތާ ދެކޮޅު ފިޔަވަޅުތަކާ ގުޅިގެން ރައީސް މުއިއްޒަށް ހާއްސަ އެވޯޑެއް
11 ގަޑިއިރު ކުރިން
0