ޚަބަރު
ޖުމްހޫރީ ދުވަހާ ގުޅުވައިގެން ނޮވެމްބަރު 10 ބަންދުކޮށްފި
މި އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅިގެން ނޮވެމްބަރު 10، އަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑަޅުއްވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ސޮއިކުރައްވައި ނެރުއްވި ދެންނެވުމުގައި ވަނީ، އަންނަ ނޮވެމްބަރު މަހުގެ 10 ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު 11 ވަނަ ދުވަސް ބަންދު ދުވަހަކަށް ވާތީ އެވެ.

އެހެންވެ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނެތި މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖެއްސުމަށް ރައީސް މުއިއްޒު އެދިވަޑައިގަތެވެ.

ނޮވެމްބަރު 10 ބަންދު ކުރުމުން ހަފުތާ ބަންދާ އެކު ޖެހިޖެހިގެން ހަތަރު ދުވަހަށް ސަރުކާރު ބަންދުވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު