ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކައުންސިލްތަކަށް ބޭނުންވަނީ މާލީ ފުދުންތެރިކަން: އާދަމް ޝަރީފް
މަރިޔަމް އަނާ
27 ޖެނުއަރީ 2025 - 18:08
0
comments
Tweet
Telegram
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުން ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކަކުން އެދުނު ފަޅު ރަށްތައް ކައުންސިލްތަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކުގެ ހާލަތު ރަނގަޅު ކުރަންޖެހިފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެކަން ކުރެވޭނީ ކައުންސިލްތަކާއި ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށްވާތީ ކައުންސިލްތައް ބާރުވެރިކުރަން ސަރުކާރުން އެހީވާނެ ކަމުގައި ވިދާޅުވި އެެވެ.
ފަޅުރަށްތައް ބޭނުންވާ ކައުންސިލްތަކަށް އެ ފުރުސަތު ހުޅުވާލުމުން ވަރަށް ގިނަ ކައުންސިލްތަކުން ޝައުގުވެރިކަން ފާޅުކުރި މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ 28 ރަށަކަށް ފަޅު ރަށް އެވޯޑުކުރަން ހުޅުވާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ކޮންމެ ވެސް ސިފައެއްގައި ނަމަވެސް މިއަދު މި ލިބުނީ ލާމަރުކަޒީ ނިޒާމަށް ބޮޑު ކުރިއެރުމެއް. މީގެ ކުރިން އެފަދަ ނިޒާމެއް ކަނޑައެޅިފައެއް ނެތް. ގޮންޖެހުންތަކާ އެކު ވެސް ހަރުދަނާ އުސޫލުތައް ގާއިމުކުރައްވައި ރައީސް ކުރެއްވި މަސައްކަތަކީ ބުރަ މިންނެތް މަސައްކަތެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުވުމަށް ހަތަރު ސިޔާސަތެއް މިނިސްޓްރީން ގެންގުޅުއްވާ ކަމަށެވެ. އެއީ:
ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުން.
ރަށްވެހި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާކުރުން.
ކައުންސިލްތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި ހިންގާ މުއައްސަސާތައްކަމުގައި ހެދުން.
ކައުންސިލްތަކާ އެލްޖީއޭއަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ތެރެއިން ފޯރުކޮށްދިނުން.
ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓްރީގައި ތިއްބަވަނީ ވަރަށް ފަރިތަ ބޭފުޅުން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ކައުންސިލްތަކާ ވަރަށް ބަދަހި ގުޅުމެއް ގާއިމުވެއްޖެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމު ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުއްޓަސް މިވަގުތު އޮތް އެންމެ ބޮޑު ނަސީބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެކަމުގެ ތަޖުރިބާ ހުންނެވި ބޭފުޅަކަށްވުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ އެހެން ކައުންސިލްތަކަށް ނުލިބޭ ވަރުގެ ބޮޑު އާމްދަނީއެއް މާލެ ސިޓީ ކައުންސިލަށް ލިބޭތީ މާލޭގެ ގިނަ ކަންކަން ކުރަން ފަސޭހަތަކެއް ވާނެ ކަމަށް ފާހަގަކުރައްވާފަ އެވެ. އެކަމަކު އަތޮޅު ތެރޭގެ ރަށްތަކުގެ ކައުންސިލްތަކަށް ލިބޭ އާމްދަނީ މަދުވުމުން ވަރަށް ގިނަ ގޮންޖެހުންތައް އެފަދަ ކައުންސިލްތަކަށް ހުރި ކަމަށްވެސް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި ވަނީ ލ. މާވަށު ކައުންސިލަށާއި ރ. އިނގުރައިދޫ ކައުންސިލަށް ފަޅު ރަށެއް އަދި ދ. އަތޮޅު ކައުންސިލަށް ދެ ފަޅު ރަށް ހަވާލުކޮށްފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
17 މިނެޓް ކުރިން
0
ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގަރާރު ބަލައިގަނެފި
2 ދުވަސް ކުރިން
0
ކައުންސިލްތައް ކުޑަކުރުމަށް ޕީއެންސީން މަޖިލީހަށް ގަރާރެއް
27 ދުވަސް ކުރިން
0
ޗައިނާގެ އެހީގައި ކައުންސިލް އިމާރާތްތައް އަޅަނީ
30 ދުވަސް ކުރިން
0
ކައުންސިލްތަކުގެ ބައިއިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގުރައިދޫ މަރުކަޒަށް ވަންނަން ހުއްދަ ނުދިން މައްސަލަ ބަލައިގަނެ، ދިރާސާކުރަނީ
9 މިނެޓް ކުރިން
0
ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގަރާރު ބަލައިގަނެފި
17 މިނެޓް ކުރިން
0
އެމްޑީޕީއަށް ފަސް ފަނި ފޮނުވައިފިން: ފަލާހު
22 މިނެޓް ކުރިން
0
އެމްޓީސީސީގެ ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި
47 މިނެޓް ކުރިން
0