ޚަބަރު
ދަރިވަރުންނަށް ކާޑުތަކުން 1،200 ޑޮލަރުގެ މުއާމަލާތްކުރެވޭނެ
ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދިވެހިންގެ ޑެބިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރަން ދީފައިވާ ލިމިޓް 1،200 ޑޮލަރަށް އިތުރުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން ނިންމައިފި އެވެ.

މިހާރު ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދިވެހިންގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރަން ދީފައިވާ ލިމިޓަކީ 750 ޑޮލަރެވެ. 

މިއަދު ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުން ބޭރުގައި ތިބޭ ދަރިވަރުންނަށް ދޫކޮށްފަައިވާ ކާޑުތަކުން މަހެއްގެ މައްޗަށް ބޭރުފައިސާއިން މުއާމަލާތްކުރެވޭ މިންވަރު 750 ޑޮލަރުން 1،200 ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. 

ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ ބޭންކަށް ޑޮލަރު ލިބުމުގައި އަދިވެސް ދަތިތަކެއް ހުރި ނަމަވެސް ބޭރުގައި ތިބޭ ދަރިވަރުންނަށް ހުރި ގޮންޖެހުންތައް ބޭންކަށްވެސް އެނގޭ ކަމަށެވެ. އަދި މިއީ ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ ހިދުމަތްތައް ފޯރުކޮށްދީ އެހީތެރިވުމަށް ބޭންކުން އިސްކަންދޭ މިންވަރު ރިވެލިވާ ނިންމުމެއް ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ. 

އަލަށް ދޭ އިތުރުކުރުން ހޯދުމަށްޓަކައި ދަރިވަރުން ޖެހޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށެވެ. އެކަމަށް ބޭނުންވާ ލިޔެކިޔުން އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. ރަޖިސްޓްރީކުރުމާ ގުޅޭ އިތުރު ތަފުސީލުތައް ބޭންކުން ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރާނެ އެވެ. 

ބީއެމްއެލްއިން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަނީ އެ ބޭންކުގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ހުރިހާ ކާޑުތަކަށް ދީފައިވާ ބޭރު ލިމިޓް އުވާލައިފަ އެވެ. އެހެން ނަމަވެސް އެމްއެމްއޭގެ އެންގުމަށް ހަމަ އެ ދުވަހު އެ ނިންމުން ބާތިލްކުރި އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު