ޚަބަރު
ދޯހާ މެރަތަންގައި ދުވުމުގެެ ފުރުސަތު އުރީދޫން ދެނީ
އުރީދޫގެ ފަަރާތުން މީގެ ކުރިން މެރަތަން އަކަށް ދިޔަ ދުވުންތެރިން - ފޮޓޯ/އުރީދޫ
އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ދެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް މިއަދު އިއުލާނުކޮށްފި އެވެ.

"ދޯހާ މެރެތަން 2025" އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ގަތަރުގަ އެވެ.

މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ އިން ފެށިގެން ނޮވެމްބަރު 26 ވަނަ ދުވަހުގެ ރޭގެ 11:59 ގެ ނިޔަލަށެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި އުރީދޫ ވެބްސައިޓް މެދުވެރިކޮށް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ. 

އުރީދޫން ބުނީ ލަކީޑްރޯގައި ބައިވެރިވުމަށް އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް އަންނަ މަހުގެ 26އާ ހަމައަށް ބައިވެރިވެވޭނެ ކަމަށެވެ. އޭގެ ތެރެއިން ނަސީބުވެރި ދެ ކަސްޓަމަރުންނަށް ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ އެވެ.

ލަކީޑްރޯގައި ބައިވިވެރިވެވޭނީ:

  • އުރީދޫގެ ކަސްޓަމަރެއްގެ ގޮތުގައި އަހަރެއް ހޭދަކޮށްފައިވާ ފަރާތްތަކަށް؛ އެންމެ ލަސްވެގެން މިދިޔަ އަހަރުގެ 1 އޮކްޓޯބަރުން ފެށިގެން

  • ސިއްހީ ގޮތުން ބަލާއިރު ހާފް މެރަތަންއެއް ނުވަތަ މެރަތަންއެއް ދުވުމުގެ ގާބިލްކަން ހުރުން އަދި މީގެ ކުރިން އެފަދަ ދުވުމެއް ދުވެފައިިވުން

  • ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން

އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް މި ލަކީ ޑްރޯގައި ބައިވެރިވެވޭއިރު ދޯހާ މެރެތަންގެ އިތުރު މައުލޫމާތު ދޯހާ މެރެތަންގެ ވެބްސައިޓުން ލިބޭނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު