
މިބައްދަލުކުރެއްވުން އިއްޔެ ކުރިއަށް ދިޔައީ ސިފައިންގެ މައި މަރުކަޒު -- ބަންޑާރަކޮށީގައެވެ.ޑިފެންސް މިނިސްޓްރީން ބުނީ، އެ ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އިސްތިރާޖީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އޭގެ އިތުރުން ދެ ގައުމުގެ ގުޅުމާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ.ރަޝިއާ ސަފީރު ވަނީ ރާއްޖެއަކީ ރަޝިއާ ރައްޔިތުންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވާތީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓަރު ޣައްސާން ވިދާޅުވެފައިވަނީ ރާއްޖެއަށް ރަޝިއާގެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާތީ އިގްތިސާދަށް ފައިދާ ކުރާނެ ކަމަށެވެ.ރަޝިއާ މިހާރު ހިމެނެނީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން 10 ގައުމުގެ ލިސްޓްގެ 2 ވަނައިގަ އެވެ.