ޚަބަރު
އޮންލައިންކޮށް ޖުވާ ކުޅުން ހުއްޓުވަން ގާނޫނަށް އިސްލާހު ގެންނަނީ
ބަންޑާރަ ނައިބު ރައީސް އަހުމަދު އުޝާމް
ވެބްސައިޓްތަކާއި އެޕްތައް ބޭނުންކޮށްގެން ޖުވާ ކުޅުން ނުވަތަ ބެޓްކުރުން ހުއްޓުވަން ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ބަންޑާރަ ނައިބު ރައީސް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް ޖުވާކުޅުމުގެ މައްސަލަ ބޮޑުވެފައިވަނިކޮށް، ޖުލައިމަހުގެ ތެރޭގައި ފުލުހުން ވަނީ އެ ފަދަ ހަތަރުވަރަކަށް ސައިޓު ބްލޮކް ކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް ހުށަހަޅައިފައެވެ. އެއާ އެކު އޭރު ބައެއް ސައިޓުތައް ބްލޮކް ވެސް ކުރިއެވެ.

އުޝާމް ވިދާޅުވީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޖުވާކުޅުން ފަދަ ކަންކަން ކުރާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ ގާނޫނު އިސްލާހު ކޮށްގެން ހައްލު ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އަޅުގަނޑުމެން ގެންނާނަން،" އުޝާމް ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު ސަރުކާރުން ވަނީ ޖުވާ ކުޅެން ނުވަތަ ބެޓްކުރަން ބޭނުންކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފި އެވެ.

އޮންލައިންކޮށް ޖުވާ ކުޅެ، ރާއްޖޭގައި ބައެއް މީހުން ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދައެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު