ޚަބަރު
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އާ ވެބްސައިޓް ލޯންޗްކޮށްފި
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އާ ވެބްސައިޓް ލޯންޗްކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ވެބްސައިޓް އިފްތިތާހް ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އެ ރަސްމިއްޔާތުގައި ފަތުވާދޭ މަޖިލީހުގެ ރައީސް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމާއި ފަތުވާ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ވެބްސައިޓުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރެފައިވާ ފަތުވާތަކާއި، އިސްތިރާޝީ ލަފާތަކާއި، ފަތުވާ ފޮތްތައް ހިމެނޭ އޮންލައިން ލައިބްރަރީއަކާއި ފަތުވާ މަޖިލީހާއި ގުޅޭ އެންމެ ފަހުގެ ހަބަރާއި މަޢުލޫމާތު ލިބެން ހުރެ އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބަވަނީ ފަތުވާ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމާއި، ފަތުވާ މަޖިލީހުގެ ނައިބް ރައީސް ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާނާއި، މެމްބަރުންގެ ގޮތުގައި ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް، އައްޝައިޚް އިލްޔާސް ހުސައިން އަދި ޑރ. މޫސާ އަންވަރު ހަސަން އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު