ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަތުވެދާނެ ނުރައްކަލަކަށް ދިވެހިން އަބަދުވެސް ތިބެން ޖެހޭނީ ހޭލާ: މައުމޫން
އަހުމަދު ނިހާން
03 ނޮވެމްބަރ 2024 - 22:09
0
comments
Tweet
Telegram
ރާއްޖެ އަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ އަބަދުވެސް ދިމާވެދާނެ ކަމެއް ކަމަށާއި އެކަމަށް އަބަދުވެސް ދިވެހިން ތިބެން ވާނީ ހޭލާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނަކީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާތައް ރާއްޖެއަށް ދިން އިރު ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. މި ހަމަލާއަކީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރު އިސްވެ ހުރެ، ތަމަޅައިންނާއެކު އަރައި، ހަތިޔާރާއެކު ދިން އުދުވާނީ ހަމަލާއެވެ.
ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއަކީ ބިރުވެރި ދުވަހެއް ކަމަށެވެ.
ސިފައިންގެ އަށް ބޭކަލަކާއި އާންމުންގެ 11 ބޭކަލެއް އެ ދުވަހުގެ ހަމަލާގައި ޝަހީދުވެ ދިޔަކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ އެފަދަ ހަނދާނެއް އާކުރާއިރު އަބަދުވެސް ހަނދާން ބަހައްޓަންޖެހޭ ކަމަކީ އެ ނަސްރަކީ މާތްﷲގެ ހަޟުރަތުން ލިބުނު ނަސްރެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ނަސްރުގެ ދުވަހުގެ ފިލާވަޅުތައް ގިނަކަމަށާއި ހާސިލްވާ އިބުރަތްތައް ވެސް މުއްސަނދި ކަމަށެވެ. އެ ދުވަހު ދައްކުވައިދިނީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ދުވަހު ސާބިތުކޮށްދިނީ މާ ބާރުގަދަ ހަތިޔާރުތަކެއް ނެތް ނަމަވެސް ދިވެހީން ހަނގުރާމަކުރީ ވަރަށް ވަރުގަދަ ހިތްވަރަކާއެކުކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ، ރާއްޖެއަކީ ހަނގުރާމަ އަށް ތައްޔާރުވެފައި ނުވާ ގައުމަކަށް ވިޔަސް އަދި މާ ބާރުގަދަ ހަތިޔާރުތަކެއް ނޮވެމްބަރު 3 ވަނަ ދުވަހު ނެތަސް ދިވެހި ސިފައިން ހަނގުރާމަ ކުރަމުން އައީ ވަރަށް ގަދަ ހިތްވަރަކާ އެކު ކަމަށެވެ.
މައުމޫން މިރޭ އެދިވަޑައިގެންނެވި އެއްކަމަކީ ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގްވާމީ ފަރާތްތަކާ އެކު އޮންނަ ގުޅުން ދެމެހެއްޓުމަށެވެ. ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެ އަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން އިންޑިއާގެ ސިފައިންނަށް ދިވެހިންގެ ޝުކުރު އަބަދުވެސް އޮންނާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ، ދިވެހިން އިސްލާމްދީން ގަބޫލުކުރިތާ 898 އަހަރު ވެއްޖެ ކަމަށާއި އިސްލާމީ ފަލަސްތީނުގެ ރައްޔިތުން ހާއްސަކޮށް ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރާ ކަންކަަމާ މެދު ހިތާމަކޮށް، ނަސްލު ނައްތާލަން އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރަންޖެހޭނެ ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
22 ދުވަސް ކުރިން
0
ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މެންބަރަކަށް އިނާޔަތެއް ދެނީ
2 މަސް ކުރިން
0
މެންބަރުން ހަމަނުވާތީ އެމްއާރުއެމް އުވާލައިފި
3 މަސް ކުރިން
0
އިންޑިއާގެ ބޮޑު އެހީއެއް ރާއްޖޭގެ ދިފާއީ ދާއިރާއަށް
3 މަސް ކުރިން
0
އިންޑިޔާއާއި ރާއްޖޭގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ޑިރެކްޓަ ޖެނަރަލެއް ހޯދަނީ
14 ގަޑިއިރު ކުރިން
0
މިހާތަނަށް ބައި މިލިއަނެއްހާ ގަސް އިންދައިފި
14 ގަޑިއިރު ކުރިން
0
ދަތުރުފަތުރުގެ ހާދިސާތައް ތަހުގީގު ކުރަން ބޯޑެއް
15 ގަޑިއިރު ކުރިން
0
އާ ހިދުމަތްތަކަކާ އެކު އުރީދޫން އަހަރީ ދުވަހުގެ ކެމްޕެއިން ލޯންޗުކޮށްފި
15 ގަޑިއިރު ކުރިން
0