ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސިފައިންގެ ހިދުމަތަށް ބޭނުންވާ އިތުރު ހަތިޔާރާ އާލާތްތައް ހޯދަނީ
އަލީ ރާޒީ
03 ނޮވެމްބަރ 2024 - 23:57
0
comments
ނަސްރުގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް ވާހަކަ ދައްކަވަނީ.
Tweet
Telegram
މި އަންނަ އަހަރުގެ ތެރޭގައި ސިފައިންގެ ހިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު އަދަދެއް ހޯއްދަވައިދެއްވޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހަންމަދު މުއިއްޒު ދެއްވައިފި އެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ގައުމުގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި، ގައުމުގެ ސަލާމަތަށްޓަކައި އަދި އަސްކަރީ ބާރު ވަރުގަދަކުރުމަށްޓަކައި މި ސަރުކާރުން ސިފައިންގެ ހިދުމަތްތައް ހަރުދަނާކުރުމަށާއި އެ އިދާރާގެ ކެޕޭސިޓީ ވަރުގަދަކުރުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން މީހުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގެ ހާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަން އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.
މީގެ އިތުރުން މީހުން ތަމްރީނުކުރުމަށް މިހާރު ހުރި ފެސިލިޓީކަމުގައިވާ، ގިރިފުށީގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކާ ބިން އިތުރުކުރުމަށް މަސައްކަތްކުރައްވަން ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މިކަމުގެ ތަފްސީލު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުގެ "ނިއު ޕޮލިސީ އިނީޝިއޭޓިވް"ގެ ތެރެއިން ގިރިފުށިން ހިއްކެން އޮތް 13 ހެކްޓަރުގެ ސަރަހައްދު ހިއްކުމަށާއި ޝޯ ޕްރޮޓެކްޝަން، ވަށާ ޖެހެހުމަށާއި އެރަށަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް މިއަންނަ އަހަރުތެރޭގައި ފަށްޓަވާނެކަމަށެވެ.
"އެތަންތަން ވެސް އިރާދަކުރެއްވީތީ، އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމަށް މިހާރު ވާނީ އެދިފައި، އިރާދަކުރެއްވީތީ މި އަންނަ އަހަރު ތެރޭގައި މި ދެންނެވި ހުރިހާ މަރުކަޒުތައް އެފަދަ ފަރާތްތަކުގެ އެހީތެރިކަމާ އެކީގައި ހެދިގެން ދާނެ، އަދިވެސް ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ކުރުމަށް މިވަނީ ފަށާފައި،" ރައީސް ވިދާޅުވި އެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގެ އެއްގަމުގެ ބާރުވެސް ހަރުދަނާކުރަން ޖެހޭކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ހަތިޔާރު ހޯދައި އެކިއެކި އާލާތްތައް ހޯދުމަށް މަސައްކަތްޕުޅުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާއެކީ ބައެއް މަސައްކަތްތައް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުންވެސް ހަތިޔާރާ ބައެއް އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި ވަކި އަދަދެއް ކަނޑައަޅާފައިވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ އެގޮތުން އެއާ ކޯ ގާއިމު ކުރެވުނު މި ޒަމާނުގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ޔޫއޭވީތައް ގެނެވި އަޅުގަނޑުމެންގެ ބޮޑު އިކޮނޮމިކް ޒޯނު ބެލެހެއްޓޭނެ ފަދަ ގާބިލިއްޔަތު އަޅުގަނޑުމެންގެ ސިފައިންގެ ކިބައިގައި ގާއިމު ކުރެވިގެންދިޔަ އިރާދަކުރެއްވީތީ، އަދި އެ މަޝްރޫއު އިތުރަށް ފުޅާ ކުރެވިގެން އެ ދަނީ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ކޯސްޓްގާޑުގެ ކެޕޭސިޓީ ވަރުގަދަކުރުމަށްޓަކައި މިއަދު ސްޕެޝަލް ބޯޓް ސްކޮޑްރަން އިފްތިތާހުކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ކޯސްޓްގާޑް ޑަބަލްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ދެ ގުނައަށް ފްލީޓް ބޮޑުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައިކަމަށާއި ކަނޑުއޮށްގިރި ވެސް މިހާރުވަނީ ކޯސްޓްގާޑާ ހާވާލުކުރެވިފައިކަމުގައި ރައީސް ވިދާޅުވި އެވެ.
ހަމަ އެއާއެކީގައި ކުރިއަށްއޮތްތާނގައި މުޅި ރާއްޖޭގައި ހުރި ސިފައިންގެ މަރުކަޒުތައް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކީ އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. މީގެ އިތުރަށްވެސް ވަރަށް ގިނަ މަސައްކަތްތައް ދިވެހި ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ފަށްޓަވާފައިވާކަމުގައި އެމަނިކުފާނު މިރޭގެ ޖަލްސާގައި ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ގަޑިއިރު ކުރިން
0
އެއް ބިލިއަން ބަޖެޓަކާއެކު ގެދޮރުވެރިކަމުގެ ލޯނެއް
7 ގަޑިއިރު ކުރިން
0
3 ޓެކްސްއެއް ބޮޑުކުރާ ބިލުތައް ރައީސް ތަސްދީގުކުރައްވައިފި
19 ގަޑިއިރު ކުރިން
0
ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރާ ފައިނޭންސިން ސްކީމް އިފްތިތާހުކޮށްފި
1 ދުވަސް ކުރިން
0
މާލެ ސީއެޗްއެސްއީ ރަސްމީކޮށް ހުޅުވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެއް ބިލިއަން ބަޖެޓަކާއެކު ގެދޮރުވެރިކަމުގެ ލޯނެއް
7 ގަޑިއިރު ކުރިން
0
ޖެޓް ހޭންޑްލިންގ ގަވާއިދުތަކެއް ހަދައި އާމްދަނީ ގައުމުގައި ހިފަހައްޓަނީ
7 ގަޑިއިރު ކުރިން
0
3 ޓެކްސްއެއް ބޮޑުކުރާ ބިލުތައް ރައީސް ތަސްދީގުކުރައްވައިފި
7 ގަޑިއިރު ކުރިން
0
ނައިބު ރައީސް ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
6 ގަޑިއިރު ކުރިން
0