ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ތުރުކީން އަގު ހެޔޮކޮށް މުދާ ގެނެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި
ހަސަން ހަލީމް
04 ނޮވެމްބަރ 2024 - 22:10
0
comments
Tweet
Telegram
ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ތުރުކީ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމާރު ބޮލަޓް އެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މި އެއްބަސްވުމުގެ ދަށުން ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދައިދިނުމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރެވޭނެ ކަމަށެވެ.
އަދި ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އިތުރުކޮށް، ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީ މާކެޓުގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިވެ، ދިވެހިންނަށް ތުރުކީގެ އުފެއްދުންތައް އަގުހެތޮކޮށް ލިބުމުގެ ފުރުސަތު މި އެއްބަސްވުމުގެ ސަބަބުން ފަހިވާނެކަމަށް އެ ބަޔާނުގައި ވެއެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެ ގައުމުގެ ސަރުކާރަށް އެއްބަސްވެވޭ ތާރީހެއް ގައެވެ.
އެއްބަސްވުމުގެ ދަށުން ޑިއުޓީ ލިބޭ ބާވަތްތައް
ކާބޯތަކެތި
މަހުގެ އުފެއްދުންތައް
ސިނާއީ އަދި ކޮންސްޓްރަކްޝަން މެޓީރިއަލް
މެރިން އަދި ޓްރާންސްޕޯޓް
މެޝިނަރީ އަދި އިކުއިޕްމަންޓް
ގޭހާއި ހިފާ ގެންގުޅޭ ތަކެތި
ފަރުނީޗަރު
އިކޮނޮމިކް މިނިސްޓްރީން ބުނީ، ރާއްޖެއާ ތުރުކީއާ ދެމެދު އިގުތިޞާދީގޮތުން ގާތް ގުޅުމެއް އުފެދެމުން ދާކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ގުޅުން ވަރުގަދަވެ، ވިޔަފާރިތަކަށް އާ ފުރުސަތުތައް ފަހިވާނެކަމަށް ގަބޫލުކުރާކަމަށް މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން 100އަށްވުރެ ގިނަ ބާވަތުން ނަގާ ޓެރިފް ކުޑަވާނެކަމަށެވެ. އަދި ޓެރިފާ ނުލައި މަހުގެ ބާވަތްތައް ތުރުކީގެ މާކެޓަށް އެކްސްޕޯޓް ކުރެވޭނެކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.
މިއީ މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނާ ބައްދަލުކުރައްވައި ނިންމެވި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެ ބައްދަލުކުރެއްވުމުގައި ދެގައުމުގެ އިގްތިޞާދީ ގުޅުން ވަރުގަދަކުރަން ކުރެވެން ހުރި ކަންކަމާ ގުޅިގެން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ދުވަސް ކުރިން
0
ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ މާލީ ސެންޓަރުގެ ބިންގާ އަޅައިފި
18 ދުވަސް ކުރިން
0
މިނިސްޓަރު ސައީދު ވިދާޅުވަނީ ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަ ކަމަށް
19 ދުވަސް ކުރިން
0
ބަންކަރިން ހިދުމަތުން ރަނގަޅު އާމްދަނީއެއް ލިބޭ: ސައީދު
25 ދުވަސް ކުރިން
0
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވިއަނުން މުއްޔަށް ކޮޅަކަށް 1،377ރ. ފުރަތަމަ ދަތުރު މި މަހު 17 ގައި
8 ގަޑިއިރު ކުރިން
0
ނުދައްކާ ގިނަ ދުވަސްވީ ފެން ބިލްތަކުގެ ޖޫރިމަނާ މާފުކޮށްދޭ ޕްލޭނެއް
8 ގަޑިއިރު ކުރިން
0
ޔުމްނު އަށް ސުވާލު ކުރުމުގެ ފުސަތެއް އަދި ނުލިބޭ: ފުލުހުން
9 ގަޑިއިރު ކުރިން
0
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
17 ގަޑިއިރު ކުރިން
0