ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ތަރައްގީގެ މާސްޓާ ޕްލޭނުގެ މަސައްކަތް ފަށައިފި
މަރިޔަމް އަނާ
06 ނޮވެމްބަރ 2024 - 14:50
0
comments
Tweet
Telegram
ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ މާސްޓަ ޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމުގެ މަސައްކަތްތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނަށް ހިޔާލު ހޯދުމުގެ މަސައްކަަތް އިފުތިތާހުކޮށްދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. މިފަދަ މާސްޓާ ޕްލޭނެއް އެކުލަވައިލާ އެ ޕްލޭނަށް ގާނޫނީ ހިމާޔަތާއި ބާރުވެރިކަން ހޯދައިދިނުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.
ސެޕްޓެންބަރު މަހުގައި ރައީސްވަނީ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނުގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ނިންމަވާފަ އެވެ. އަދި އެ މަސައްކަތް ކުރައްވަން ރައީސް ނިންމަވާފައިވަނީ މުޅި މުޖުތަމައުގެ މަޝްވަރާ ހޯއްދަވައިގެންނެވެ.
މާސްޓާ ޕްލޭނާ ގުޅޭ ގޮތުން މަޝްވަރާތައް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެފައިވަނީ ރައީސްގެ މަޝްވަރާގެ މަތިން ކަމާ ބެހޭ ފަރާތްތަކާއި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވީހާވެސް ފުޅާ ދާއިރާއެއްގައި ހޯދުމަށް ނިންމަންވާފައިވާ ކަމަށެވެ.
އަދި އެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ހޯދައިދިނުމުގެ ގޮތުން ގައުމީ ތަރައްގީގެ ބިލެއް އެކުލަވައިލާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، އަދި އެ ޕްލޭނު ތަންފީޒުކުރުމަށް އިތުރު ގާނޫނީ ބާރުވެރިކަން ހޯދައިދިނުމުގެ ގޮތުން ގާނޫނުއަސާސީއަށް މާއްދާއެއް އިތުރުކުރަން ނިންމާފައިވާ ކަމށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ މާސްޓަ ޕްލޭނަށް ހިޔާލު ހޯދުމުގެ ކަންކަން ފެށުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީީ، އެ މަނިކުފާނުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ އަށް ތަރައްގީ ވެފައިވާ ގައުމެއްގެ ދަރަޖަ ހޯދައިދިނުން ކަމަށެވެ
ރައީސްގެ އަމާޒަކީ އެ ޕްލޭންގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމުމެވެ.
އެ މަނިކުފާނު ވިދާޅުވީ، ތައުލީމާއި ސިއްހީ އަދި އިޖުތިމާއީ ތަރައްގީގެ ކަންކަން ވެސް ރައްޔިތުން ބޭނުންވާ ހިސާބަކަށް ގެންދިއުމަށް ގައުމީ ޕްލޭންގައި އޭގެ ފުރިހަމަ މިސްރާބުތައް ކިޔައިދޭނެ ކަމަށެވެ. އަދި 2040 އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުކޮށް ރާއްޖެއަކީ "ޑިވެލޮޕްޑް ނޭޝަން" އެއްގެ ސްޓޭޓަސް ހޯދައިދޭން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ތަރައްގީގެ ޕްލޭން އެކުލަވައިލާނީ ދުނިޔެ އަށް އަންނަ ޒަމާނީ ބަދަލުތައް ވެސް ހިމަނައިގެން ކަމަށެވެ
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ގައުމުގެ ތަރައްގީގެ ޕްލޭންގެ މަސައްކަތް ކުރާއިރު ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ މިހާރަށް ވުރެ ފުޅާކޮށް، 2030 ގައި އުފެއްދުންތެރިކަމުގެ ނިސްބަތުން 15 ޕަސެންޓަށް ކުރިއަށް ގެންދިއުމަށް ވަނީ އަމާޒު ހިފައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ހޯރަފުށީ ޖުވެނައިލް ހާފްވޭ ހައުސް ރައީސް ހުޅުއްވައިދެއްވައިފި
3 ދުވަސް ކުރިން
0
ހޯރަފުށީގެ ތަރައްގީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި
3 ދުވަސް ކުރިން
0
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި: ރައީސް
4 ދުވަސް ކުރިން
0
ރައީސުލްޖުމްހޫރިއްޔާ ހއ. ހޯރަފުއްޓަށް ވަޑައިގެންފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަސްކަރީ ހެލިކޮޕްޓަރެއްގައި ޖެހި އެމެރިކަން އެއާލައިންސްގެ ބޯޓެއް ވެއްޓިއްޖެ
3 ދުވަސް ކުރިން
0
ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
3 ދުވަސް ކުރިން
0
ސިޔާސީ ޕާޓީގެ ދަފްތަރުން ޕީޕީއެމް އުނިކޮށްފި
3 ދުވަސް ކުރިން
0
ސްޓެލްކޯގެ ޓްރާންސްފޯމާ ސަބްސްޓޭޝަނަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
3 ދުވަސް ކުރިން
0