ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހިޔާނާތުގެ ތުހުމަތު ކުރެވޭ އާސިފް ސަސްޕެންޑްކޮށްފި
މަރިޔަމް އަނާ
08 ނޮވެމްބަރ 2024 - 19:35
0
comments
ކަރެކްޝަންސްގެ އޭސީޕީ މުހައްމަދު އާސިފް
Tweet
Telegram
ހިޔާނާތުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ.
އާސިފްގެ މައްޗަށް ތުހުމަތު ކުރެވުނީ ޕްރިޒަންސް ކްލަބުގެ ފައިސާތަކެއް އަމިއްލަ އެކައުންޓްތަކަކަށް ޖަމާކުރި މައްސަލައެކެވެ. އެގޮތުން ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000ރ.އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ފެންމަތިވެފަ އެވެ.
މި މައްސަލައާ ގުޅިގެން އާސިފް ވަނީ އިއްޔެ އިން ފެށިގެން މަގާމުން ވަގުތީ ގޮތުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރިކަން އަންގާ މުވައްޒަފުންނަށް ފޮނުވި ލިޔުމުގައި ވަނީ ކަރެކްޝަންސްގެ އެޗްއާރުގެ ހުއްދަ ނެތި މުހައްމަދު އާސިފް އެ ސާވިސްގެ އެއްވެސް އިމާރާތަކަށް ވަނުމަކީ މަނާ ކަމެއް ކަމަށް ބުނެފަ އެވެ.
ޕްރިޒަންސް ކްލަބުގެ ފައިސާތަކެއް ގެއްލުނު މައްސަލަ ކަރެކްޝަންސް އިން އަންނަނީ ބަލަމުންނެވެ.
އާސިފްގެ މައްސަލަ ކޮޅެއްގައި ނުޖެހި ދިގުލައިގެން ދާތީ، މައްސަލަ 'އޮއްބާލަން' އުޅޭ ކަމަށް ބުނެ ބައެއް މުވައްޒަފުން އޭރު ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
އޭސީސީން މީޑިއާ ކައުންސިލަށް ވަދެއްޖެ
7 ދުވަސް ކުރިން
0
ކޮރަޕްޝަން ނައްތާލުމުގެ ނިޔަތް ރައީސްގެ އެބައޮތް
8 ދުވަސް ކުރިން
0
ދައުލަތުގެ މުވައްޒަފުންގެ މައްސަލަތަކުގައި ދައުވާކުރުން ފަސޭހަކުރަނީ
10 ދުވަސް ކުރިން
0
ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ޕާސްޕޯޓް ހިފަހައްޓައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދޯންޏެއްގެ ބުރަފަތީގައި ޖެހި ކުޑަކުއްޖަކު ނިޔާވެއްޖެ
3 ގަޑިއިރު ކުރިން
0
ހިޔާނާތުގެ ތުހުމަތު ކުރެވޭ އާސިފް ސަސްޕެންޑްކޮށްފި
3 ގަޑިއިރު ކުރިން
0
ގެދޮރު އަޅަން ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
3 ގަޑިއިރު ކުރިން
0
އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން އިހަވަންދޫގައި މަޝްރޫއެއް ފަށައިފި
1 ދުވަސް ކުރިން
0