ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އޭސީސީން މީޑިއާ ކައުންސިލަށް ވަދެއްޖެ
އިސްމާއިލް ރިޒާ
04 ނޮވެމްބަރ 2024 - 13:26
0
comments
މީޑިއާ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ.
Tweet
Telegram
ނޫސްވެރިކަމުގެ އެވޯޑް ދިނުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ވަދެއްޖެ އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ އިދާރާ އިން މިއަދު ބުނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެވޯޑު ދިން ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ތަހުގީގީ އޮފިސަރުން އެމްއެމްސީގެ އޮފީހުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްއެމްސީގެ އެވޯޑް ނައިޓްގައި، އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނީ "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީއަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ސްކީލާން އެ މަނިކުފާނަށް ބޮޑެތި ތުހުމަތެއް ކުރައްވާފައިވާ ޑޮކިއުމަންޓްރީއެކެވެ.
އެ އެވޯޑު ހަފްލާ އިންތިޒާމުކުރި ފަރާތުން ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާއި ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ދެއްކި މައްސަލައެއް ބަލައިދިނުމަށް ޕީއެސްއެމްއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި އެކަމާ ގުޅިގެން އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ޕީއެސްއެމްގައި އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ވަކިކުރުމަށް ފަހު އަލުން ވަނީ ވަޒީފާ ދީފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
މީޑިއާ ކޮންޓްރޯލްކުރަން ރައީސަށް ބާރު ލިބޭ ބިލު އަނބުރާ ގެންގޮސްފި
5 ދުވަސް ކުރިން
0
ނޫސްވެރިންގެ ކަންބޮޑުވުންތައް ބަންޑާރަ ނައިބު އަޑުއައްސަވައިފި
9 ދުވަސް ކުރިން
0
ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން: ރައީސް
9 ދުވަސް ކުރިން
0
މީޑިއާ ކޮމިޝަން ބިލު ހުށަހެޅީ ނޫސްވެރިކަން ކަފުން ކުރަން: އެމްޑީޕީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޣީބަބުނުމާއި އަބުރު ކަތިލުމުން ދުރުހެލިވޭ: ހުތުބާ
13 މިނެޓް ކުރިން
0
އާރްޓީއައިއަށް ޖަވާބުނުދެވުނީ މުވައްޒަފެއްގެ އިހުމާލުން: ހައުސިން މިނިސްޓްރީ
19 މިނެޓް ކުރިން
0
ނަމާދުކުރަން ހުރި އިމާމަށް ހަމަލާދޭން އުޅެނިކޮށް ހައްޔަރުކޮށްފި
24 މިނެޓް ކުރިން
0
ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް ފެނިއްޖެ
27 މިނެޓް ކުރިން
0