ޚަބަރު
ސައިބާ އެކްސްޕޯ 2024 ވެބްސައިޓް ލޯންޗުކޮށްފި
ދިވެހި ފުލުހުންގެ ހިދުމަތާއި ނެޝަނަލް ސެންޓާ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ''ސައިބާ އެކްސްޕޯ 2024''ގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ.

އެ ރަސްމިއްޔާތުގައި، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން އަދި އެހެނިހެން ބައެއް މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން ބޭފުޅުންނާއި ފުލުހުން ބައިވެރިވެވަޑައިގަތެވެ. 

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަޒީރު އިހުސާން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސައިބާ ސްޕޭސްގެ ހާލަތު މިހާރު އޮތްގޮތް ވަޒަންކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރާ ހަވާލުވެގެން އައި އިރު ސަރުކާރުގެ އެކި އިދާރާތަކަށް ސައިބާ ތްރެޓްސް އައި މިންވަރާއި އަމިއްލަ ވިޔަފާރިތަކަށް ދޭތެރެ ދޭތެރެއިން ތްރެޓްސް އަންނަވަރު މިހާރު ވެސް ވަޒަން ކުރަންޖެހޭ ކަމަށާއި ނެޝަނަލް ލެވެލްގައި މުޅި ސައިބާ ސްޕޭސް މެނޭޖުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސައިބާ އެކްސްޕޯގައި މި ދާއިރާގައި ހިމެނޭ ތައުލީމީ ބޭފުޅުންނާއި ޕްރައިވެޓް ސެކްޓާގެ ބޭފުޅުންގެ އިތުރުން ސަރުކާރުގެ އިދާރާތަކުން އެންމެ ފުރިހަމައަށް ބައިވެރިވެ، ފައިދާ ހޯދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސައިބާ އެކްސްޕޯއަކީ ފުލުހުންނާއި ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އިން ގުޅިގެން އިންތިޒާމު ކުރާ ހަރަކާތެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު