ޚަބަރު
އޭސީސީގެ ދެ މެންބަރަކާއި އިލެކްޝަންސްގެ ތިން މެންބަރަކު ވަކި ކުރަން ކޮމިޓީއިން ފާސްކޮށްފި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އޭސީ) ގެ މެންބަރުންތަކެއް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.

ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މަގާމުން ވަކިކުރަން ފާސްކުރީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެންބަރު ތޯހާ މުހައްމަދު އަދި އިލެކްޝަންސްގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަނުގެ މެންބަރުން ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް އެވެ.

މީގެއިތުރުން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ވަކިކުރުމުގެ މައްސަލަ ވެސް މިއަދު ބެލި އެވެ. ކޮމިޓީން ނިންމީ ނާސިހު ވަކިނުކުރުމަށެވެ.

އީސީގެ ނައިބު ރައީސާއި މެންބަރުންތަކެއް ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ އޮކްޓޯބަރު 22, ގައި މައްސަލައެއް ހުށަހަޅާފަ އެވެ. އެކަމަކު ކުރަނީ ކޮން ތުހުމަތުތަކެއް ކަމެއް ނޭނގެ އެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލަމާ ތޯހާ ވަކިކުރަން ހުށަހެޅީ އޭސީސީގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. އަދި ށ. އާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކާ ގުޅިގެންނެވެ.

މި ތިން މައްސަލަ ވެސް ދިރާސާކުރާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.

ބެލެވޭ ގޮތުން ވަކިިކުރަން ކޮމިޓީން ފާސްކުރު މެންބަރުންގެ މައްސަލަ އަށް މާދަމާގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު