ވިޔަފާރި
ރާއްޖެ އަށް މާލީ އެހީދޭ ފަރާތްތަކުގެ އަގުވަޒަންކޮށްފި
މާލީ ވުޒާރާއިން ރާއްޖެއަށް އެހީދޭ ފަރާތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަން ކޮށްފިއެވެ.

އެކަމަށްޓަކައި "މީރުމާ"ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަސީރެވެ.

ރާއްޖެއަށް ހިލޭ އެހީ އަދި ލޯނުދޭ ޖަމާއަތްތަކުގެ ތެރެއިން ރާއްޖޭގައި އޮފީސް ޤާއިމުކޮށްފައިވާ އެޖެންސީތަކުން މި ބައްދަލުވުމުގައި ވަނީ ބައިވެރިވެފައިވެ އެވެ.

އެގޮތުން ބައިވެރިންގެ ތެރޭގައި ހިމެނެނީ:

1. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)

2. ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)

3. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)

4. ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)

5. ވޯލްޑް ބޭންކް ގްރޫޕް

6. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ނަސީރު ވަނީ ރާއްޖޭގެ އެކިއެކި ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސުމަށްޓަކައި ބޭރުގެ އެހީދޭ ޖަމާއަތްތަކާއި އަދި މަލްޓިލޭޓަރަލް ބޭންކުތަކާއި ޑޯނަ އެޖެންސީތަކުން ވާ އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

"ތިޔަ ކޮންމެ އިދާރާއަކާއެކު އަޅުގަނޑުމެންގެ ގުޅުން ބިނާވެފައިވަނީ ދިވެހިރާއްޖެ އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމުގެ މައްޗަށް" ނަސީރު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިނުވާ އަދި އެތައް ޑޯނަ އެޖެންސީއެއް ރާއްޖޭގެ ކުރިއެރުމަށްޓަކައި އެހިތެރިކަން ލިބޭކަން ފާހަގަކޮށް، ސަރުކާރާއި ދިވެހިރައްޔިތުންގެ ފަރާތުން އެ ޑޯނަ އެޖެންސީސްތަކާއި އަދި ބައިނަލް އަގްވާމީ އެހީދޭ ޖަމާއަތްތަކަށް ޚާއްސަ ޝުކުރެއް އެޑްވައިޒަރު ނަސީރު ވަނީ އަދާކުރައްވައިފައެވެ.

އޭގެއިތުރުން ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރުމުގެ ގޮތުން ހަނދާނީ ފިލައެއްވެސް ވަނީ އަރުވާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު