ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ހަރަދުތައް ހަމަޖެއްސުމަށް 1.2 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ
ހުމާ ނަސީމް
31 އޮކްޓޫބަރ 2024 - 12:34
0
comments
Tweet
Telegram
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 1.2 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް -- ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މާލީ ވުޒާރާއިން ވިއްކުމަށް ނިންމާފައިވަނީ ޖުމްލަ 1.2 ބިލިޔަން ރުފިޔާގެ 4 ޓީބިލެކެވެ. ޓީ-ބިލްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ.
ޓީ-ބިލްތަކުގެ ތަފްސީލު:
• 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 235 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 458 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 183 މިލިޔަން ރުފިޔާގެ ޓީ-ބިލް
• 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 351 މިލިއަން ރުފިޔާގެ ޓީ-ބިލް
ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ގަޑިއިރު ކުރިން
0
ރާއްޖެ އަށް މާލީ އެހީދޭ ފަރާތްތަކުގެ އަގުވަޒަންކޮށްފި
6 ދުވަސް ކުރިން
0
ދައުލަތުގެ ބަޖެޓުން އެއްވެސް ރަށެއް އުންޏެއް ނުވާނެ: ޒަމީރު
13 ދުވަސް ކުރިން
0
އޭޑީބީން ރާއްޖެއަށް 21 މިލިއަން ޑޮލަރު ދެނީ
24 ދުވަސް ކުރިން
0
ދުންފަތުގެ ބާވަތްތަކާއި ވޭޕުން ޑިއުޓީ ބޮޑުކުރާ ބިލު ފާސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހެވީ ލޯޑުގެ ރަށްތައް ބޭންކުން ވިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި
52 މިނެޓް ކުރިން
0
ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު ބޯޓެއް އަތުލައިގެންފި
55 މިނެޓް ކުރިން
0
ހުޅުމާލެ އާއި ވިލިމާލޭގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަން ފަށައިފި
57 މިނެޓް ކުރިން
0
އޭސީސީގެ ދެ މެންބަރަކާއި އިލެކްޝަންސްގެ ތިން މެންބަރަކު ވަކި ކުރަން ކޮމިޓީއިން ފާސްކޮށްފި
5 ގަޑިއިރު ކުރިން
0