ވިޔަފާރި
ސްޓެލްކޯގެ ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރަނީ
މާލޭ މަގުތަކުގައި ހުރި ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.

އެ ކުންފުނިން ބުނީ "ޗާލު ވެށި: މަގޭ ޒިންމާ" ޙަރަކާތް ފެށީ މިއަދު ކަމަށެވެ. އަދި މިއީ ކުންފުނީގެ ސަބް-ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ފޮށިތައް ސާފުކުރުމަށް ކުންފުނީގެ މުވައްޒަފުން ހިންގާ ހަރަކާތެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މި ހަރަކާތް ފައްޓަވައިދެއްވީ، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި މާލޭގެ މޭޔަރު އާދަމް ޢާޒިމްގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ އެވެ.

ފަހުމީ ވިދާޅުވީ ސިޓީގެ ސާފު ތާހިރުކަމާއި ޒީނަތްތެރިކަމާއި ގުޅިފައިވާ އެންމެ މައިގަނޑު ތަނަކީ މަގުތައް ކަމަށެވެ. މަގުތަކާއި ގޯޅިތަކާއި އިމާރާތްތަކާއި މަގުމަތީ ބެހެއްޓިފައިވާ ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ރީތިކޮށް ހުރުމަކީ ޒީނަތްތެރި ކަމާއި ގުޅިފައިވާ ކަންކަން ކަމަށެވެ.

އެ ކުންފުނިން މިއަދު ފެށި މަސައްކަތާއެކު ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ރީތިކޮށް ބެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަގުމަތީގައި ހުންނަ ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތަކުގައި އިޝްތިހާރު ހަރުކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެ ތަކެތި ފަހުން ވީދި، ހަލާކުވެ ދިއުމުން މަގުމަތީގެ ރީތިކަން ގެއްލެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު