ޚަބަރު
އެގްރިކަލް މިނިސްޓްރީ ހިންގެވުން ޑރ. މާރިޔާއާ ހަވާލުކުރައްވައިފި
އެގްރިކަލްޗާ މިނިސްޓަރު އައިޝަތު ރަމީލާ އިއްޔެ އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާ ހަވާލުކޮށްފި އެވެ.

ރައީސް މިގޮތަށް ނިންމެވީ ސިއްހީ ހާލުކޮޅު ހުރިގޮތުން ޑރ. އައިޝަތު ރަމީލާ، މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. 

ރަމީލާ ގެންދަވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެކަމަނާ ފަރުވާ ހޯއްދަވަނީ މެޓަސްޓޭޓިކް ސީރަސް ޕެޕިލަރީ ކާސިނޯމާ ކެންސަރަށެވެ.

އެ ބައްޔަށް ޑައިގްނޯޒްވި ވާހަކަ ރަމީލާ ފުރަތަމަ ހާމަކުރެއްވީ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވީސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. އޭގެ ފަހުން މި އަަހަރުގެ ޖޫންގައި ފަރުވާ އަށް ވަޑައިގަންނަވަން މިނިސްޓަރުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތެވެ.

ޑރ. ރަމީލާ އަކީ މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މަދު ކަނބަލުންގެ ތެރެއިން އެއް ކަނބަލެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު