ޚަބަރު
ދަރިވަރުން އެދުނުގޮތަށް މާފަންނު މަދަރުސާގެ ތިރީބުރީގައި ހޯލެއް އަޅައިދޭނަން: ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
މާފަންނު މަދަރުސާގެ ތިރީބުރީގައި ހޯލެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހެން ވިދާޅުވީ މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގައި ކިޔަވަމުންދާ ތުއްތު ކުދިންތަކެއް ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގަތުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ގައުމުގެ އެކި ދާއިރާތަކުގައި މާފަންނު މަދަރުސާ އިން ތައުލީމު ހާސިލް ކުރި ދަރިވަރުން ގައުމަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި މާފަންނު ސްކޫލު ހޯލާ ގުޅޭގޮތުން ރައީސް ވާހަކަ ދެއްކެވީ މިރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުން ހުށަހަޅައިދިން ޕްރެޒެންޓޭޝަނެއްގައި ސްކޫލްގެ ހޯލު މަތީ ފަންގިފިލައެއްގައި ހުންނާތީ އެކުދިންގެ މާމަމެންނާއި ކާފަމެންނަށް ހޯލަށް ވަނުމަށް ދަތިވެފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެވެ.

ތުއްތު ކުދިންގެ މި ކަންބޮޑުވުމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި މާފަންނު ސްކޫލުގެ ތިރީބުރީގައި ހޯލެއް ހައްދަވައިދެއްވާނެ ކަމަށެވެ.

"މި ސްކޫލްގައި ތުއްތު ކުދިންގެ މާމައިންނާއި ކާފައިންނަށް ފަސޭހައިން ވަދެވޭގޮތައް ބިންމަތީގައި ހުންނަ ހޯލެއް ހަދައިދޭނެކަމުގެ ޔަގީންކަން [ދެން]". ރައީސް ވިދާޅުވި އެވެ.

"ސެންޓީޗަރުން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އާ ޕްރޮގްރާމެއް ފެށުމުގެ މަރުހަލާގައި އެ ދަނީ. އާ ކޮންސެޕްޓެއްގައި އިންކްލޫސިވް ގޮތެއްގައި ހުރިހައި ޓީޗަރުންނަކީވެސް އެ ދާއިރާއަށް ތަމްރީން ލިބިފައިވާ ޓީޗަރުންނަށް ހެދުމަށާއި ޚާއްސަކޮށް އެ ދާއިރާގެ ޓީޗަރުން އުފެއްދުމަށް. މި 2 ކަންތައް ކުރުމުގެ މަސައްކަތްތަކެއް އެ ފެށިގެން ދަނީ. މިކަމުގައި ޝައުގުވެރިކަން ފާޅުކުރާ ހުރިހައި ފަރާތްތަކަކަށް ފުރުސަތު ދީގެން ކުރިއަށް އޮތް ތަނުގައި ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް ގޮތެއްގައި ހަމަ އެއްވެސް ތަފާތެއް ނުގެނެސް ތައުލީމީ ފުރުސަތު ހޯދައިދިނުމުގައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް ގޮތައް އެ ސިޔާސަތު ތަންފީޒްކުރުމަކީ އަޅުގަނޑު ހަމަ އެންމެ ބޭނުންވާގޮތް. އެގޮތައް އެކަންތައް އިރާދަކުރެއްވިއްޔާ ކޮށްދެވޭނެކަން އަޅުގަނޑަށް ހަމަ ޔަޤީން." ރައީސް ވިދާޅުވި އެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި އެ ސުކޫލަށް ހިދުމަތް ކުރައްވާފައިވާ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕަރިންސިޕަލުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު