ޚަބަރު
މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދަން އެޕްލިކޭޝާން ހުށަހެޅުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.

އެ ފުރުސަތުތައް ދެނީ ވޯލްޑް ބޭންކްގެ ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ.

އެ ސްކޮލާޝިޕްތައް ދެނީ ފިޝަރީޒް ސައިންސް ނުވަތަ މެރިން ސައިންސްގެ ބެޗްލާސް ޑިގްރީ ދެ ކޯހަކަށާއި އެކުއަކަލްޗާ ދާއިރާއިން ކޯހަކަށެވެ. އެގޮތުން ފުރުސަތު ދީފައިވަނީ އެ ކޯސްތައް އޭޝިއާގެ ގައުމެއްގައި ހެދުމަށެވެ.

ސްކޮލާޝިޕްގެ ޝަރުތު:

  • ޖީސީއީ އޯލެވެލްގެ ފަސް މާއްދާއިން 'ސީ'އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން އަދި ޖީސީއީ އޭލެވެލްގެ ތިން މާއްދާއިން 'ސީ'އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން
  • ފައުންޑޭޝަން ނުވަތަ ސެޓްފިކެޓް ލެވެލްގެ ޔުނިވާސިޓީ އެންޓްރެންސް ގަބޫލުކުރާ ސަނަދެއް ހާސިލްކޮށްފައިވުން
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓް ކުރަންޖެހޭ ލިޔުމެއް ނަމަ އެޓެސްޓް ކުރެވިފައިވާ ކޮޕީ)
  • ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިން ކްރައިޓީރިއާ އެނގޭގޮތަށް)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ އަމިއްލަ ލިޔުމެއް
  • އެހެން ޚިދުމަތުގެ ބޮންޑެއް އޮތްނަމަ ބޮންޑުކުރި ތަނަކުން ބޮންޑު އެއްކޮށް ރިލީޒްކުރާނެ ކަމުގެ ލިޔުން ހުށަހެޅުން
ސްކޮލާޝިޕުން ކުރާނެ ޚަރަދުތައް:

  • ކޯސް ފީ
  • ބުކް އެލަވަންސް (ސްކޮލާޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު)
  • އެސްޓަބްލިޝްމަންޓް އެލަވަންސް (އެއްފަހަރު)
  • ޑިޕާޗާ އެލަވަންސް (އެއްފަހަރު)
  • ސްޓައިޕަންޑް (ސްކޮލާޝިޕްގައި ކިޔަވަމުންދާ މުއްދަތަށް)
އެ ސްކޮލާޝިޕް ލިބިއްޖެ ނަމަ ކޯސް ފުރިހަމަކުރުމަށްފަހު ސިވިލް ސާވިސްގެ ގަވާއިދުގައި ވާގޮތަށް، ފިޝަރީސް މިނިސްޓްރީގައި ޚިދުމަތް ކުރުމަށް ބޮންޑުކުރާނެއެވެ.

މި ކޯސްތަކަށް ކުރިމަތިލާން ބޭުންވާ ފަރާތްތަކުން 09 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އެ ވުޒާރާހެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) ހުށަހަޅަން ޖެހެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު