ޚަބަރު
ބޭރު ފައިސާއާބެހޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ދިވެހި ބޭންކެއްގައި ޑޮލަރު މާރުކުރަން އަންގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

މި ގާނޫނު ހިންގައި ތަންފީޒުކުރުމުގެ މައި އިދާރާއަކީ، މޯލްޑިވްސް މަނިޓަރީ އޮތީރިޓީން ކަމަށާ މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހެދުމަށް ބިލުގައި ހުށަހަޅައިފައިވެއެވެ.

ބޭރު ފައިސާއާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2025 ގައެވެ. 

މި ބިލުން، ބިލުގައި ކަނޑައަޅައިފައިވާ ވަކި ހާލަތުތަކެއްގައި މެނުވީ، ރާއްޖޭގައި ކުރެވޭ އެއްވެސް މަނިޓަރީ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް، ދިވެހި ފައިސާ ފިޔަވައި، އެހެން އެއްވެސް ބޭރު ފައިސާއަކުން ކުރުމާއި، ހުށަހެޅުމާއި އަދާކުރުން މަނާކޮށް، ދިވެހިރާއްޖޭގައި ދިވެއްސަކު ގަންނަ މުދަލާއި ހޯދާ ޚިދުމަތުގެ އަގު، ބޭރު ފައިސާއިން އަދާކުރުމަށް ލާޒިމު ނުކުރެވޭ ގޮތަށް އުސޫލު ކަނޑައަޅައިފައިވެއެވެ.

ބޭރު ފައިސާގެ ބިލު އެކުލަވައިލިއިރު ވަނީ ޑޮލަރު މާރުކުރުމުން އިސްތިސްނާވާ ފަރާތްތަކާއި ހާލަތްތަކެއް ހިމަނައިފަ އެވެ. އޭގެ ތެރޭގައި:

1/ ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުން

2/ އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން

3/ އެ ޓޫރިޒަމް އެސްޓަބްލިޝްމެންޓްގައި ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް ތިބޭ ފަރާތްތައް

ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅިއިރު ވަނީ، ބޮލަކަށް 500 ޑޮލަރުގެ ބަދަލުގައި އާމްދަނީގެ ޕަސެންޓެއް މާރުކުރަން އިޚުތިޔާރު ދީފައެވެ. މީގެ އިތުރުން އިސްތިސްނާގައި ހިމެނޭ އުމުރުފުރާ 10 އަހަރަށް އިތުރުކުރިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު