ޚަބަރު
ކުރިއަށް އޮތީ މޫސުން ގޯސް ފަސް ދުވަސް
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.

އެ އިދާރާއިން ބުނި ގޮތުގައި އެންމެ ބޮޑަށް ވިއްސާރަކުރާނީ ރާއްޖޭގެ އުތުރަށާއި މެދުރާއްޖެތެރެއަށެވެ. އެ ސަރަހައްދުތަކަށް ކުރިއަށް އޮތް ފަސް ދުވަހު ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓު އޮފީހުން ލަފާކުރެ އެވެ. 

އަދި ހުޅަނގު ދެކުނާއި ހުޅަނގުން 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް އެ އިދާރާއިން ލަފާކުރެ އެވެ. އަދި އެހެނިހެން ސަރަހައްދުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެ ކަމުގައި އަންދާޒާކުރެ އެވެ. 

މެޓު އޮފީހުން އަންދާޒާކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ކުރިއަށް އޮތް ފަސް ދުވަހު ވައިގދަވާނެ އެވެ. 

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި އެހެން ހިސާބުތަކަށް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ބުންޏެވެ.

ކަނޑުގަދަވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މެޓު އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް އެ އިދާރާއިން އަބަދު ވެސް އިލްތިމާސް ކުރެއެވެ.

މިގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވާން އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު