ޚަބަރު
ސަމާލު؛ ޑެންގީ ޖެހިގެން ރިޕޯޓްކުރެވޭ މިންވަރު ވަރަށް ބޮޑަށް އިތުރު!
މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ޑެންގީ ޖެހުނު މީހުންގެ އަދަދު 400 ޕަސެންޓަށް ވުރެ އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ. 

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި 483 ޕަސެންޓް އިތުރުވުމެކެވެ.

ޑެންގީގެ ތަފާސްހިސާބު

  • ޖެނުއަރީ 2025: 76 | ޖެނުއަރީ 2026: 679
  • ފެބްރުއަރީ 2025: 87 | ފެބްރުއަރީ 2026: 428
  • މާޗް 2025: 76 | މާޗް 2026: 600
  • އެޕްރީލް 2025: 135 | އެޕްރީލް 2026: 476
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކުރަނީ އަތޮޅުތަކުންނެވެ.

އެޗްޕީއޭ އިން ވަނީ އަމިއްލަ ސާފުތާހިރު ކަމަށް އިސްކަންދީ، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ބާރު އަޅައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު